Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ހޯމް މިނިސްޓްރީއަށް އިތުރު ނައިބެއް!

ހޯމް މިނިސްޓްރީއަށް އިތުރު ނައިބެއް!

މިނިސްޓަރ އޮފް ހޯމް އެފެއާޒްގެ ނައިބުގެ މަގާމަށް މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ ކުރީގެ ޖެނެރަލް މެނޭޖަރު، ލުއައްޔު ސައީދު އައްޔަން ކުރައްވައިފިއެވެ.

މި މަޤާމަށް ޔުއައްޔު އައްޔަން ކުރައްވައިފައި ވަނީ މިއަދުއެވެ.

ގދ. ވާދޫއަށް ނިސްބަތްވާ ލުއައްޔު ވަނީ އޮސްކްފޮޑް ބްރޫކްސް ޔުނިވާސިޓީން 2013ވަނަ އަހަރު ބެޗެލާ އޮފް ސައިންސް އޮނާސް އިން އެޕްލައިޑް އެކައުންޓިން ހާސިލްކުރައްވައިފައެވެ.

އޮޑިޓާ ޖެނެރަލް އޮފީހުގެ ސީނިއާ އޮޑިޓަރުގެ މަގާމާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ އިންޓާނަލް އޮޑިޓް އެގްޒެކެޓިވްގެ މަގާމު ވެސް އޭނާ ފުރުއްވައިފައި ވެއެވެ. ހޯމް މިނިސްޓަރަކީ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއެވެ. އޭނާގެ ނައިބުންގެ ތެރޭގައި ދެން ހިމެނިވަޑައިގަންނަވަނީ އަބޫބަކުރު އަބްދުލްކަރީމެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް