Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

ނަސްރުގެ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ރައީސްގެ ދެކަނބަލުން ޝަރަފުވެރިކޮށްދެއްވައިފި

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ނޮވެންބަރު 3ގެ ބިނާގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތު ރައީސް ޑރ. މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ތިނެއް ނޮވެންބަރުގެ ހަނދާނީ ބިނާގައި މިއަދު ހެނދުނު ބޭއްވި ދިދަ ނެގުމާއި ގާޑު މައުންޓް ކުރުމުގެ ޚާއްސަ ރަސްމިއްޔާތު، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތަށް ރައީސްގެ ދެކަނބަލުން ވަޑައިގަތުމުން އެ ސަރަހައްދުން މަރުހަބާ ދެންނެވީ ދިފާއީ ވަޒީރެވެ. މި ރަސްމިއްޔާތުގައި ނޮވެންބަރު ތިނެއްގެ އުދުވާނީ ހަމަލާގައި ޝަހީދުވި ބޭފުޅުންގެ ހަނދާނުގައި އެއް މިނެޓުގެ ސުކޫތެއް ގެނެސްފައިވެއެވެ.

މީގެއިތުރުން ހަތް ބަޑީގެ ސަލާމެއް އަރުވައި، ދުވަހާ ގުޅޭ ހާއްސަ ދުއާއެއް ކުރުމަށް ފަހު، ރަސްމިއްޔާތު ނިންމާލީ ސިފައިންގެ ލަވައިންނެވެ. މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ސަރުކާރުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ނަސްރުގެ ދުވަހުގެ ހަރަކާތްތައް މިއަދު ފަށާފައި ވަނީ ފަތިސް ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށްފަހުގައެވެ. މިއަދުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ނޮވެންބަރު 3ގެ ހަނދާނީ ބިނާ ސަރަހައްދުގައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް