Tuesday, 3 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ތުހުމަތުގައި ޢަބްދުﷲ ޝާހިދު ހައްޔަރުކޮށް ދޫނިދޫއަށް ގެންގޮސްފި

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށް، ފުލުހުންގެ ބަންދަށް ދޫނިދޫއަށް ގެންގޮސްފިއެވެ.

ޝާހިދު ދޫނިދޫއަށް ގެންދަނީ
ޝާހިދު ދޫނިދޫއަށް ގެންދަނީ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ރޭ ހައްޔަރުކޮށް، ދޫނިދޫއަށް ގެންގޮސްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި، 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހ. ރަބީއީމަންޒިލް، އަބްދުﷲ ޝާހިދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ރޭ 21:59 ހާއިރުއެވެ.

ޝާހިދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިއުމަށް ލޯންޗަށް އެރުވި މަންޒަރު ބައެއް ނޫސްވެރިންނަށް ފެނިފައިވާއިރު، މިކަން މިހާރު ވަނީ އިތުބާރު ހުރި މަސްދަރުތަކުން "ދެން"އަށް ޔަގީން ކުރެވިފައެވެ.

އޭނާ ހައްޔަރުކުރުމުގެ ކުޑަވަގުތުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އޭނާއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ އަބުރު ކަތިލުމަށް ކުރާ ކަމެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް