ކޮވިޑް-19 އަދާހަމަ: މިއަދު ފައްސިވީ 560 މީހުން

ރާއްޖެއިން މިއަދު އިތުރު 560 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 48 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 471 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 26 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 170،192 މީހުންނެވެ.
މިހައިތަނަށް މި ބަލިން ފަސޭހަވެފައިވަނީ ޖުމްލަ 154،864 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 14 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 297 މީހުން ނިޔާވެފައި ވެއެވެ.