ޚަބަރު

ސަން ސިޔާމްގެ ޕާސްޕޯޓު ހިފަހައްޓައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ދ. މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާސްޕޯޓު ހިފަހައްޓައިފިއެވެ.

Ads by STELCO

ސިވިލް ކޯޓުން މި އަމުރު ނެރުނީ، ނ. އިރުފުށި ހިންގަން ހިލްޓަން އިންޓަނޭޝަނަލް އާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައެވެ.

މެންބަރު ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓައިފައި މިވަނީ ނ.އަތޮޅުގައި ހިންގަމުން އަންނަ އިރުފުށި، ހިލްޓަން އިންޓަނޭޝަނަލްއާ ހަވާލުކުރި އެއްބަސްވުން ބާތިލްކުރި މައްސަލައިގައި ސަން ޓްރެވެލްއިން ހިލްޓަންއަށް ދައްކަން ޖެހޭ 28 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދެއްކި މައްސަލައިގައެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ސިޔާމްގެ އިތުރުން އޭނާގެ އަނބިކަނބަލުން އައިޝަތު ފާއިޒްގެ ޕާސްޕޯޓް ހިފަހައްޓަން ވެސް މިދިޔަ މަހުގެ 9ގައި ވަނީ އަމުރުކޮށްފައެވެ.

ސިޔާމްގެ މައްޗަށް އުފުލައިފައިވާ މި މައްސަލައިގައި ސަން ޓްރެވަލްސް ކުންފުނީގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރަން ވެސް ސިވިލް ކޯޓުން ކުރިން ޢަމުރެއް ނެރެފައިވެއެވެ.

އިރުފުށި ރިސޯޓް ހިންގަން ހިލްޓަންއާ އެކު ހެދި އެއްބަސްވުން ސަން ޓްރެވަލްސްއިން ބާތިލްކޮށްފައި ވަނީ 2013ވަނަ އަހަރުގައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!