ހުޅުމާލޭ ފޭސް 2އިން މާލެއަށް ބަސް ދަތުރުތައް ފަށައިފި

ހުޅުމާލޭ ފޭސް 2އިން ސީދާ މާލެއަށް ބަސްދަތުރުތައް ފަށައިފިއެވެ.
މި ޚިދުމަތް ފެއްޓެވީ މިއަދު ހެނދުނވެ. ފޭސް 2އިން މާލެއަށް ބަހުގެ ޚިދުމަތް ލިބޭނީ ހެނދުނު 6:00އިން ފެށިގެން ރޭގަނޑު 11:00އާ ހަމައަށެވެ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެ ކުރިން ވިދާޅުވީ ޓްރެފިކް ބާރު ބޮޑު ނޫންކަމަށްވާ ނަމަ ކޮންމެ ގަޑިއިރަކުން ދަތުރުތައް ކުރާނެ ކަމަށެވެ. އަދި ޖުލައި މަސް ނިމުމުގެ ކުރިން ކޮންމެ 15 މިނެޓަކުން ބަސް ދަތުރު ހަމަޖައްސާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
ބަސް ދަތުރުގެ އިތުރުން ވެސް ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވި ފަހުން އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދުމަށް ގިނަ ކަންތައްތައް ސަރުކާރުން ދަނީ ކުރަމުންނެވެ.