Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ސަރުކާރު

އިންޓެލިޖެންސް ރިޕޯޓު ރައީސަށް ފޮނުވަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

އިންޓެލިޖެންސް ރިޕޯޓު ރައީސަށް ފޮނުވަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި

ޓެރަރިޒަމާ ގުޅޭ ގޮތުން ތަހުގީގީ އިދާރާތަކަށް ލިބޭ އިންޓެލިޖެންސް މައުލޫމާތުތަކުގެ ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅަންޖެހޭގޮތަށް ގަވާއިދު ބަދަލުކޮށްފިއެވެ.

ޓެރަރިޒަމް މަނާ ކުރުމާ ގުޅޭ އާންމު ގަވާއިދުގައި މިހާރު އޮންނަނީ، އިންޓެލިޖެންސް އިދާރާތަކުގެ މެދުގައި ބަދަލު ކުރެވޭ މައުލޫމާތުގެ ތަފާސްހިސާބުތަކުގެ ރިޕޯޓެއް ކޮންމެ ތިން މަހަކުން ހޯމް މިނިސްޓަރަށް ހުށަހެޅުމަށެވެ.

އަންގާރަ ދުވަހު ގެޒެޓުގައި ޝާއިއުކުރި އައު ގަވާއިދުގައި ވަނީ 14ވަނަ މާއްދާ އިސްލާހުކޮށްފައެވެ. އެ ގަވާއިދުގައި ވަނީ ފުލުހުންގެ އިންޓެލިޖެންސުން އެއްކުރާ މައުލޫމާތު ރިޕޯޓު ރައީސުލްޖުމްހޫރިއްޔާއަށް ވެސް ހުށަހަޅަން ލާޒިމްކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ސީދާ ރައީސަށް ވެސް އިންޓެލިޖެންސް ރިޕޯޓްތައް ހުށަހަޅަން ގަވާއިދުން ލާޒިމްކޮށްފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނުރައްކާ އޮތްކަމުގެ މައުލޫމާތު ކަމާ ބެހޭ އިދާރާތަކާ އެކަށީގެންވާ ގޮތެއްގައި ހިއްސާ ނުކުރެވުނުކަމުގެ ކަންބޮޑުވުން އުފެދިފައި ވަނިކޮށެވެ. މިކަމާ ގުޅިގެން ޑިފެންސް މިނިސްޓަރަށާއި ހޯމް މިނިސްޓަރަށް ވެސް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމު ވެސް މިހާރު ފުރުއްވާ ރައީސް ނަޝީދަށް ނުރައްކާ އޮތްކަން ޑިފެންސަށް މައުލޫމާތު ލިބުނު ނަމަވެސް ފުލުހުންނަށް އެ މައުލޫމާތު ފޯރުކޮށްދެވިފައެއް ނުވެއެވެ.

މިދިޔަ 2021ވަނަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓު ހަމަލައިގައި އެ މަނިކުފާނަށް އެކިވަރުގެ ގެއްލުންތައް ލިބުނެވެ. މާލޭގެ އެންމެ މީހުން ގިނަ މަޖީދީމަގުގައި އައިއީޑީއެއް ގޮއްވައިލައި އެ ހަމަލާ ދީފައިވަނީ ސަލާމަތީ ހިދުމަތްތަކުން ފޯރުކޮށްދެމުންދިޔަ ސެކިއުރިޓީ ފޫއަޅުވާލައިގެންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް