Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އެމްޑީޕީން ޕީޕީއެމް އުޅޭގޮތަށް އުޅެން ޖެހޭ: ޝިޔާމް

އެމްޑީޕީން ޕީޕީއެމް އުޅޭގޮތަށް އުޅެން ޖެހޭ: ޝިޔާމް

ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންވާ ނަމަ ޕީޕީއެމްއިން އުޅޭ ގޮތަށް އެމްޑީޕީން އުޅެން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން އެންމެ ފަހުން ބޭއްވި ގައުމީ މަޖިލިސް ހޫނުވެ، ޕާޓީގެ ދެ ފެކްޝަނުގެ މެދުގައި ކޯޅުން ވަނީ އިތުރުވެފައެވެ.

ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި، އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ރައްދު ކޮށްފައިވާއިރު، މިކަމަށް އިޝާރާތް ކުރައްވައި ޝިޔާމް ވިދާޅުވީ އެމްޑީޕީ ހިންގަން ނޭނގި، ނުހިންގިގެން އުޅޭ ނަމަ، އޭނާ ނިސްބަތްވެވަޑައިގަންނަވާ ދާއިރާގެ އާދަނާ އެމްޑީޕީ ހަވާލުކުރަން ފެންނަ ކަަމަށެވެ.

Advertisement
Ooredoo — Truecaller (box)

އާދަނަކީ ނެށުންތެެރިޔެއް ކަމަށާއި، އޭނާ ވަރަށް އިހްލާސްތެރި ވާނެ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

"އެމްޑީޕީއަށް ވަރަށް އިހްލާސްތެރިވާނެ. ޑާންސަރއާ ހަވާލު ކުރައްވާ." ޝިޔާމް ވިދާޅުވިއެވެ.

https://twitter.com/Shiyamaldives/status/1501513100335271938

އޭނާ މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިޚާބު ލަސް ކުރުމަށް، އެ މަގާމަށް ވާދަަ ކުރައްވާ ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާ މެމްބަރުން ބޭނުންވެލެއްވުމުން، ބަލި ވެދާނެތީ އިންތިޚާބުތައް ފަސް ކުރުމަކީ ވަރަށް "ޕީޕީއެމް"ގެ ސިފައެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވުމާ ގުޅިގެންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް