ދުނިޔެ

އެމެރިކާއިން ރަޝިޔާއަށް ސައިބާ އެޓޭކްތަކެއް ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެރިކާ ހިމެނޭހެން ހުޅަނގުގެ ބައެއް ޤައުމުތަކުން، ޗައިނާގެ ކޮންޕިއުޓަރުތަކެއް ހެކްކޮށްގެން، ރަޝިޔާއަށް ސައިބާ އެޓޭކްތަކެއް ދެމުންދާކަމަށް ޗައިނާގެ މީޑިއާއިން ތުހުމަތު ކޮށްފިއެވެ.

Ads by Sosun Fihaara

ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާތައް ދެނެގަނެވިފައި ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅުގައި ކަމަށެވެ. އަދި ގިނަ ސައިބާ ހަމަލާތައް ފެނިފައި ވަނީ އެމެރިކާއަށް ކަމަށް އެ ނޫހުން ވަނީ ހާމަކޮށްފައެވެ އެމެރިކާގެ އިތުރުން ޖަރުމަނާއި ނެދަލެންޑްސްއިން ވެސް މި ހަމަލާތައް އަންނަމުންދާ ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ.

ޗައިނާގެ މީޑިޔާތަކުގައި ޝާއިއުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޗައިނާގެ ކޮމްޕިއުޓަރުތައް މެދުވެރިކޮށް ދިން ސައިބާ ހަމަލާތަކުގެ %87އަކީ ރަޝިޔާއެވެ. އަދި ޗައިނާގެ އިންޓަނެޓް އޮތޯރިޓީން ސައިބާ ބްރީޗްތަކަށް "އެންމެ މަތީ މިންވަރަކަށް އަދި އަވަސް މިނެއްގައި" މިކަންތައް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.

ރަޝިޔާއިން ޔޫކްރެއިންއާ ދެކޮޅަށް ދެމުންދާ އަސްކަރީ ހަމަލާތައް ފެބްރުއަރީ މަހުގެ 24ވަނަ ދުވަހު ފެށިފަހުން، އެ ގައުމުގެ ސަރުކާރުގެ ވެބްސައިޓްތަކުގެ އިތުރުން ބޮޑެތި ބައެއް ކޮމާޝަލް ބޭންކްތަކާއި، ކުންފުނިތަކާއި، މީޑިއާއަށް ނިސްބަތްވާ ވެބްސައިޓްތަކަށް ސައިބާ އެޓޭކްތައް ދަނީ ކުރިމަތިވަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ހެކަރުންގެ ބައިނަލްއަގުވާމީ ގްރޫޕެއް ކަމަށްވާ އެނޮނިމަސްއިން ވަނީ ވްލަޑީމިއާ ޕޫޓިންގެ ސަރުކާރާ ދެކޮޅަށް ސައިބަރ ހަނގުރާމައެއް އިއުލާނުކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!