Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

މަލީހު ނަޝީދަށް: ދައުރު ނިމެނީ، އަދިވެސް ހަމަ ސުމެއްގައި

މަލީހު ނަޝީދަށް: ދައުރު ނިމެނީ، އަދިވެސް ހަމަ ސުމެއްގައި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގެ ފަސް އަހަރު ނިމެން ކައިރިވީ އިރު ވެސް، "އަދިވެސް ހަމަ ސުމެއްގައި" ކަމަށް ވިދާޅުވެ، ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލައި ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަަރަކާތުގެ ސަބަބުން ދިވެހީންނަށް ލިބެނީ ގެއްލުން ކަމަށާއި، އެ ކަމުގައި ބައިވެރި ނުވުމަށް ރައީސް ނަޝީދު އިއްޔެ ވަނީ އެދިވަޑައިގެންފައެވެ.

ނަޝީދުގެ މި ވާހަކަތަކަކީ ކޮސްގޮވުން ކަމުގައި ރައީސް ޔާމީން ސިފަ ކުރެއްވި އިރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އިންޑިއާ އައުޓް ކެމްޕެއިނުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދަށް ދައުވަތު ވެސް އަރުވައިފައެވެ.

Advertisement
Ooredoo — Square (box)

މަލީހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ނަޝީދު ކޮސް ގޮވުމުގެ ބަދަލުގައި ރައްޔިތުން އެ މަނިކުފާނާ ހަވާލު ކުރެއްވި ބޮޑު މަސްއޫލިއްޔަތު އަދާ ކުރެއްވުމަށް ގޮވައިލައްވާ ކަމަށެވެ.

ރައީސް ޔާމީން އިސްވެ ހުންނަވައި ފައްޓަވައިފައިވާ އިންޑިއާ އައުޓް ކެމްޕެއިން، އިއްޔެ އދ.މަހިބަދޫގައި ވެސް ކުރިއަށް ގެންދިޔައެވެ. މި ހަރަކާތުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް