Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސްކޫލުތަކުގައި ވެސް މާސްކް އެޅުން މަޖުބޫރެއް ނޫން

ސްކޫލުތަކުގައި ވެސް މާސްކް އެޅުން މަޖުބޫރެއް ނޫން
ސްކޫލުތަކުގައި އުޅޭއިރު މާސްކް އަޅައިގެން އުޅޭ ގޮތަށް އޮތް އޮތުން ބަދަލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު އިއުލާނެއްގައިވާ ވިދާޅުވީ ސްކޫލަށް ކުދިން ހާޒިރުވާ އިރު ވެސް މާސްކް އެޅުން މަޖުބޫރު ނޫން ކަމަށެވެ. އެހެން ނަމަވެސް ދަރިވަރާއި ބެލެނިވެރިޔާ ބޭނުން ނަމަ ދަރިވަރުން މާސްކް އަޅައިގެން ސްކޫލަށް ފޮނުވިދާނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން ހައި ރިސްކް ދަރިވަރުން ސްކޫލަށް ހާޒިރުވާ އިރު މާސްކް އެޅުމަކީ އެދެވިގެންވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އިތުރަށް ވިދާޅުވީ، ސްކޫލްގައި އުޅޭ ވަގުތު މާސްކް އެޅުން މަޖުބޫރު ނޫނަސް ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ހުން ބެލުމާއި ގިނަގިނައިން އަތްދޮވުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

Advertisement
HDC — Sidebar (box)
https://dhen.mv/145060

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް