ލުއި ޚަބަރު

ބޯވާތައް ކަނޑުގައި ހުންނަ ކުނިބުނި ބޭނުންކުރުން އިތުރުވެއްޖެ: ދިރާސާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހިޔާވަހިކަން ހޯދުމަށް ކަނޑުގައި ހުންނަ ކުނިބުނިތައް ، ބޯވާތައް ބޭނުންކުރުން އިތުރުވަމުން އަންނަ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Hajj Corporation

މި ދިރާސާ ޝާއިއުކޮށްފައި ވަނީ ޖާނަލް މެރިން ޕޮލިއުޝަން ބުލެޓިންގައެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ސިޓިޒަން ސައިންޓިސްޓުން ނަގައިފައިވާ ކަނޑުއަޑީގެ ފޮޓޯތައް ދިރާސާކޮށް، ކަނޑުގެ ކުނިބުނިން ބޯވަތައް މުއާމަލާތްކުރާ ގޮތް ދެނެގަތުމާއި، އަސަރުކޮށްފައިވާ ބާވަތްތަކާއި ސަރަހައްދުތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ.

ސިޓިޒަން ސައިންސް ރިކޯޑްތަކުން ކަނޑުއަޑީގެ 260އަށް ވުރެ ގިނަ ފޮޓޯ އެސެސްކޮށް، 8 ޖީންރާ އަދި 24 ބާވަތެއްގެ ބޯވަ ދެނެގަނެ، ކަނޑުގެ ލޮނުގަނޑުގެ އެންމެ ތިރީގައި ކުނި ބޭނުންކުރާ ބޯވާތައް ދެނެގަނެވުނެވެ.

ހޯދުންތަކުން ހާމަވި ގޮތުގައި 40 ޕަސެންޓަށް ވުރެ ގިނަ މި ފަދަ ބޯވާތައް ބިއްލޫރި ހިމެނޭ ކުންޏާ އެކު ފެނިފައިވާ އިރު 25 ޕަސެންޓް ވޭދަނަތަކުގައި ޕްލާސްޓިކް ކުނި ފެނިފައި ވެއެވެ.

އިންސާނުންގެ ކުންޏަކީ މި ފަދަ ދިރުންތަކަށް ބޭނުން ހިފޭ އެއްޗަކަށް ބަދަލުވެފައި ވާއިރު ކުނި ބޭނުން ކުރުމަށް ބޯވަތައް މާބޮޑަށް ބަރޯސާ ވެދާނެކަމުގެ ކަންބޮޑުވުން އެމީހުން ވަނީ ފާޅުކޮށްފައެވެ.

Ads by Ooredoo
  1. ދިދަ ދަނޑި

    މިހާރު ކުނި ހާވަން ފެށީދޯ… ޕާޓޭއިން.