ލުއި ޚަބަރު

މި ޓިކްޓޮކް ޓްރެންޑުގެ އަޖުމަ ބަލައިފިންތަ؟

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ލެޓިއުސް ފަތް--

ލެޓިއުސް ފެން ބޮއެގެން، އަރާމު ނިންޖެއް ނިދައިލެވޭ ކަަމަށް ބުނެ ޓިކްޓޮކްގައި ދައުރުވަމުން އަންނަ ވީޑިއޯތައް ވަނީ އިތުރުވެފައެވެ. އެހެން ނަމަވެސް މިއީ ތެދެެއްކަން ޔަގީން ކުރެވޭ ވަރަށް ދިރާސާތަކެއް ކުރެވިފައެއް ނުވެއެވެ.

Ads by Sosun Fihaara

ތައްޔާރު ކުރާ ސެލެޑަށް ނޫނީ ސޭންޑްވިޗުގައި ހިމެނުމުގެ އިތުރުން ވެސް، ކެއުމުގައި ލެޓިއުސް ފަތް ބޭނުން ކުރެވިދާނެ ކިތަންމެ ގޮތްތަކެއް ހުރެއެވެ. ކެލެރީ މަދު، މި ފެހި ކުލައިގެ ފަތުގައި ސިއްހަތަށް ފައިދާ ހުރި އެތަައް މާއްދާއެއް އެކުލެވިގެން ވެއެވެ. ޓިކްޓޮކްގެ އާ ޓްރެންޑެއްގައި މިފަހަރު މިވަނީ މި ފަތް މުޅިން ތަފާތު ގޮތަކަށް ބޭނުން ކުރަން ދަސްކޮށްދީފައެވެ. އެއީ ލެޓިއުސް ފެން ތައްޔާރު ކުރުމެވެ.

ސޯޝަލް މީޑިއާގައި ވައިރަލް ޓްރެންޑެއް އާންމުވަމުންދާ ނަމަ، އޭގެ އަވައިގައި ނުޖެހި ސަލާމަތްވުމަކީ ނާދިރު ކަމަކަށް ގިނަ ފަހަރު ވެއެވެ. އެގޮތުން ލެޓިއުސް ފެން ބޭނުންކޮށްގެން ރޭގަނޑު އަރާމުކަމާ އެކު ނިދައިލެވޭ ކަމަށް ބުނެ، ޓިކްޓޮކްގައި ދައުރު ކުރަމުން އަންނަ ވީޑިއޯއަކަށް 42 މިލިއަން ވިއުސް ލިބިފައިވާ އިރު، މި ބުއިމެއްގެ ވާހަކަ ދައްކައިނުލައި ދޫކޮށްލެވޭކަށް ނެތެވެ.

ލެޓިއުސް ފެން ތައްޔާރު ކުރަނީ ކިހިނެއް؟

މި ވައިރަލް ޓްރެންޑް ފޮލޯ ކުރާ މީހަކު ޓިކްޓޮކްގައި ހިއްސާ ކުރި ވީޑިއޯއެއްގައި، ލެޓިއުސް ފަތްކޮޅަކާއި، ޕެޕަރމިންޓް ޓީބޭގެއް ހޫނު ފެންތައްޓަކުން ނަގައި ބޯ މަންޒަރު ފެނެެއެވެ. އަދި އެއަށް ފަހު ވީޑިއޯގައި ފެންނަނީ އެމީހާ ނިދަނިކޮށެވެ.

އިތުރު ވީޑިއޯއެއްގައި ފެންނަނީ އަންހެނަކު، ހޫނު ފެން ޖޯޑަކަށް ލެޓިއުސް ފަތްކޮޅެއް އެޅުމަށް ފަހު ހަތަރުވަރަކަށް މިނެޓުވަންދެން ބައިންދާ ތަނެވެ. އޭނާ އެ ހޫނު ފެން ތަށި ދެނީ ފިރިމީހާއަށެވެ. ފިރިހެންމީހާ ލެޓިއުސް ފެން ބުއިމަށް ފަހު 10 ވަރަކަށް މިނެޓް ތެރޭގައި ނިދާ ތަން ފެނެއެވެ.

https://vm.tiktok.com/ZSdegqUoM/

ލެޓިއުސް ފެން ބޮއެގެން ރޭގަނޑު ރަނގަޅަށް ނިދޭތަ؟

މި ޓްރެންޑަށް ޓިކްޓޮކްގައި ކިތަންމެ ބޮޑު މަޝްހޫރު ކަމަކާ ލައިކުތަކެއް ލިބުނަސް، ލެޓިއުސް ފެނުގެ ސަބަބުން ނިދަން ފަސޭހަވާ ކަމެއް ޔަގީން ކުރެވިފައެއް ނެތެވެ. އެހެން ނަމަވެސް، ތަޖުރިބާކާރުން ބުނާ ގޮތުގައި އިހު ޒަމާނުގައި ނިދުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާ ކުރުމަށް ލެޓިއުސް ފަތް ބޭނުން ކޮށްފައިވެއެވެ.

ލެޓިއުސްއިން އަސްލު ލިބެނީ ކޮން ފައިދާއެއް؟

ލެޓިއުސްގެ 95 އިންސައްތައަކީ ފެނެވެ. މިއީ ހަމަ ޔަގީނުން ވެސް ތިބާ ޑީހައިޑްރޭޓް ވުމުން ސަލާމަތް ކޮށްދިނުމުގައި އެހީވާނެ އެއްޗެކެވެ. ލެޓިއުސްގައި ގިނަ މިންވަރަކަށް ވިިޓަމިން އޭ، އަދި ކޭ ހިމެނިގެންވެއެވެ. މި ދެ ވިޓަމިނަކީ ގައިގެ ކަށިތައް ވަރުގަދަ ކޮށްދީ، ލޮލުގެ ފެނުން ވެސް ރަނގަޅު ކުރުމަށް އެހީތެރިވެދޭނެ ދެ މާއްދާއެވެ.

Ads by Allied Insurance
  1. ޒުވާނުން

    މަސްތީ އެއްޗެއް އަދި ތިގޮތަށް ހެދުމުން މަސްތު ބޮޑުވޭ. ތިއިންވާ މަސްތު ޓެސްޓަކުން ނޭނގޭނެ އެއީ ލެޓިއުސްގެ އެންމެ މޮޅު ތާސީރަކީ ޓެސްޓްތައްދާނީ ފެނަށް އެކަމަކު އެނިދެނީ މަސްތުވެގެން އޭގެ ލައްޒަތަކީ މަސްތުވުން އެއީ ފެވި ހިފާ ބާވަތުގެ މަސްތެއްނޫން އަދި ދިރާސާ އަކަށް މިކަން ނުހޯދޭނެ. އެކަމަކު ލެޓިއުސް ފަތުން ހޫނު ފެނުން ނެރޭ ތާސީރު ގައި ވަނީ މަސްތީ ކަމެއް. އެކަމަކު މިއީ މަސްތު ވުމަށް އަދު މީހުން އެބޭނުންކުރާ އަފިހުމުގެ މާއްދާތަކުގަ ހުންނަ ޒާތުގެ މަސްތެއްނޫން އަދި އެއަށް ދެވިވެސް ނުހިފާނެ. ބޭނުންކުރަން ރަނގަޅު އެއްޗެއް.