ޚަބަރު

ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު 9އިން 11އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން
ވެކްސިން ޖެހުމުގެ ކުރިން މަޢުލޫމާތު އެއްކުރަނީ.. ދެން އިމޭޖްްސް/އިބްރާހީމް ޝަމްވީލް

ކުރިއަށް އޮތް ރޯދަ މަހު މާލެ ސަރަހައްދުގައި ކޮވިޑް-19 ވެކްސިން ޖަހައިދޭ ގަޑިތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާއްމުކޮށްފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭއިން ވިދާޅުވީ ރޯދަ މަހު ވެކްސިން ޖަހައިދޭނީ ރޭގަނޑު 9އިން 11އަށް ކަމަށެވެ. އެޗްޕީއޭއިން ވަނީ ރޯދަ މަހުގެ ކުރިން ޝަރުތު ހަމަވާ އެންމެހާ ފަރާތްތައް ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް އިލްތިމާސް ކޮށްފައެވެ.

މާލެ ސަރަހައްދުގައި ރޯދަ މަހު ވެކްސިން ޖަހައިދޭނީ ދެ ތަނަކުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ.

އެޗްޕީއޭއިން ވަނީ އުމްރާގެ އަޅުކަމަށްދާ މީހުން ފުރުމުގެ ދެ ހަފްތާ ކުރިން ކޮވިޑްގެ ބޫސްޓާ ޑޯޒް ޖެހުމަށާއި ރޯދަމަހު ފުރާ މީހުން ވެސް އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް 398،348 މީހަކު ޖަހައިފައި ވެއެވެ. އަދި ދެވަނަ ޑޯޒް 371،439 މީހަކު ޖަހައިފައި ވާއިރު، ބޫސްޓާ ޑޯޒް ޖަހައިފައި ވަނީ 143،477 މީހެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!