ދުނިޔެ

34 ބޮޑު މަސް ނިއު ޒިލެންޑްގެ ގޮނޑު ދޮށަކަށް ލައްގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕައިލޮޓް ވޭލް ކިޔާ 34 ބޮޑުމަސް ނިއުޒިލެންޑްގެ ގޮނޑު ދޮށަކަށް ލައްގައިފިއެވެ.

Ads by Sosun Fihaara

އެގައުމުގެ ވައިލްޑް ލައިފްގެ ކަންކަން ބަލަހައްޓާ ވައިލްޑްލައިފް ރޭންޖާސްއިން ބުނެފައި ވަނީ މި ބޮޑު މަސްތައް ލައްގައިފައި ވަނީ ފެޔާވެލް ސްޕިޓް ކިޔާ ގޮނޑު ދޮށަކަށް ކަމަށެވެ.

އެ ޤައުމުގެ ޑިޕާޓްމެންޓް އޮފް ކޮންސަވޭޝަންއިން ވިދާޅުވީ، ލެއްގި ބޮޑުމަހުގެ ތެރެއިން 29 މަސް މަރުވެފައިވާ ކަމަށާއި ބާކީ އޮތް 5 މަސް މޫދަށް ގެންދެވޭތޯ މަސަައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ދިޔަ ބޮޑު ނުވާތީ އެ މަސައްކަތް ކުރުމަށް ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށް ވެސް އެ ފަރާތުން ވިދާޅުވިއެވެ.

އެ ފަރާތުން ވިދާޅުވީ، އެއްގަމުގައި މި ވަގުތު އޮތް ބޮޑު މަސްތަކަށް ފަސޭހަވާނެ ގޮތަށް މާހަލު ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް ލޮނުން މަތީގައި މަސް ގިނަ އިރު އޮތުމުން  މަސްތަކުގެ ހާލު ވަރަށް ދެރަވެފައިވާ ކަމަށެވެ.

ޕައިލެޓް ވޭލަކީ ނިއުޒިލޭންޑުގެ ކަނޑުގެ ސަރަހައްދުން ފެންނަ އެންމެ އާންމު ބޮޑު މަހުގެ ބާވަތްތަކެވެ. މި ވޭލް 20 ފޫޓަށް ދިގު މިނަށް ބޮޑުވެއެވެ،

މީގެ ކުރިން ވެސް މި ގޮނޑުދޮށަށް ބޮޑު މަސްތަކެއް ލައްގައިފައިވެއެވެ. އެއީ 2017ވަނަ އަހަރުގައެވެ. އެ އަހަރު 700އަށް ވުރެ ގިނަ ބޮޑު މަސް ވަނީ ލައްގައިފައެވެ. ދިޔަ ބޮޑުވުމުން އެ ފަހަރު ގިނަ މަސްތައް ވަނީ ސަލާމަތްވެފައެވެ. ނަމަވެސް 200 މަސް މަރުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!