ޚަބަރު ސަރުކާރު

އިސްލާމީ މަރުކަޒުގެ އިމާމު ޗުއްޓީއަށް ދިޔުމުން ރޭ ފަތިސް ނަމާދު ބަންގިއެއް ނުގޮވާ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

މާލޭގެ އިސްލާމީ މަރުކަޒުގައި ރޭ ފަތިސް ނަމާދު ބަންގި ނުގޮވާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

Ads by Hajj Corporation

ރޭ ފަތިސް ނަމާދަށް އިސްލާމީ މަރުކަޒަށް ދިޔަ މީހަކާ ހަވާލާދީ ބައެއް މީޑިއާތަކުން މިމައުލޫމާތު އާންމުކުރުމުން "ދެން"އިން އިސްލާމިކް މިނިސްޓްރީން މައުލޫމާތު ސާފުކުރަން ގުޅުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ މިކަން ކަށަވަރު ކޮށްދީފައެވެ.

އޮފިޝަލް ވިދާޅުވީ އިސްލާމީ މަރުކަޒުގެ އިމާމު ޗުއްޓީއަށް ދިޔައީ އިއްޔެ ކަމަށެވެ. ކޮންމެ ފަހަރަކު ވެސް މިގޮތަށް އިމާމު ޗުއްޓީއަށް ދިޔުމުން މާލޭގެ އެހެން މިސްކިތެއްގެ އިމާމަކު އިސްލާމީ މަރުކަޒުގައި ބަންގި ގޮވައި ނަމާދުކުރަން ހަވާލުކުރާ ކަމަށާއި ރޭ ފަތިސް ނަމާދަށް އިމާމަކަށް ނުދެވުނީ ޑިއުޓީއަށް އެރި އޮޅުމަކުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެއީ ތެދު މައުލޫމާތެއް. ރޭ ފަތިސް ނަމާދުކުރީ އާންމުންގެ މީހަކު އިމާމުވެ. އެރި އޮޅުމެއްގެ ސަބަބުން އިމާމު މީހާއަށް ވަޑައިނުގެންނެވުނީ" އޮފިޝަލް ވިދާޅުވިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރޭ 4.58ގައި ބަންގި ގޮވާ ވަގުތު ޖެހުނުއިރު ވެސް އިސްލާމީ މަރުކަޒުގައި ބަންގި ނުގޮވާތީ އާންމުންގެ ބައެއް މީހުން މިސްކިތުގައި މަޑުކުރިއެވެ. އަދި އޭގެ ފަހުން ގިނަ އިރުތަކެއް ވީއިރު ވެސް އިމާމަކު ނައުމުން އާންމުންގެ މީހަކު އިމާމުވެ ނަމާދުކުރިކަމަށް ވެއެވެ.

އެވަގުތު މިސްކިތުގެ ދެސަފު ފުރައި މީހުން ތިބިއިރު އާންމުންގެ މީހަކު އިމާމުވެ ނަމާދުކުރީ މައިކު ވެސް ނުޖައްސާކަމަށް ވެއެވެ.

މިއީ އިސްލާމީ މަރުކަޒުގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެވެ. މާލޭގައި ހުންނަ އެންމެ ބޮޑު މިސްކިތުގައި ގޮވާ ބަންގީގެ އަޑަކީ އެންމެ ބާރަށް އިއްވާ ބަންގިއެވެ.

Ads by Ooredoo
  1. އިސްލާމް

    ދެން އިމާ.ު ޗުއްޓީ ނިމެންދެން އިސްލާމީ މަރުކަޒު ވެސް ބަން ކުރަން ވީނޫން.

  2. ނަޖީ

    މިސްކިތުގަ ބަންގި ނުގޮވީމާ ދިވެހިން އެކަމާ ކަންބޮޑުވެ އުޅެނީ ކިހާވަރަކަށްތޯބަލާލަން ގަސްދުގަ ކުރިކަމެ މަކަރާހީލަތުންތިބރގެން މި ގައުމުން އިސްލާންދީން ފޮހެލުމަށްޓަކާ އެކިގޮތް ގޮތަ ކިތަށްޖަރިމާހިންގާފިތޯ މި ލާދީނީސަރުކާރުން