Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

އެމްއާރްއެމުން 500އަށް ވުރެ ގިނަ ފޯމު އީސީއަށް ހުށަހަޅައިފި

އެމްއާރްއެމުން 500އަށް ވުރެ ގިނަ ފޯމު އީސީއަށް ހުށަހަޅައިފި

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިން 500އަށް ވުރެ ގިނަ ފޯމު އިލެކްޝަނަށް ހުށަހަޅައިފިއެވެ.

އެމްއާރްއެމްގެ ރެޖިސްޓްރާ ފާތިމަތު ޝަހީދާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު އެ ޕާޓީން އީސީއަށް ހުށަހެޅި ފޯމްތަކާ އެކު މިހައިތަނަށް އެ ކޮމިޝަނުން ޕްރޮސެސް ނުކުރެވި 500އަށް ވުރެ ގިނަ ފޯމް ވާނެ ކަމަށެވެ.

"އަދިވެސް ގިނަ ފޯމު ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުން" ޝަހީދާ ވިދާޅުވެފައިވެއެވެ.

Advertisement
Ooredoo — Square (box)

https://twitter.com/Shahydha/status/1505517529011453956?s=20&t=oLNbskGZeY3EtxdUXvZ__Q

އެމްއާރްއެމަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށައިފައި މި ވަނީ، 3000 މެންބަރުން ހަމަނުވާ ޕާޓީތަކަށް މެންބަރުން ހަމަކުރުމަށް ތިންމަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތުގައި މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވައިލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. އެގޮތުން މެންބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓުގައި އެމްއާރްއެމްގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނެވި އެމްޓީޑީއާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީއާއި ލޭބަރ ޕާޓީ ވެސް ހިމެނެއެވެ.

އެމްއާރްއެމްގައި 3000 މެންބަރުން ހަމަނުވެ 2300 މެންބަރުން މިހާރު ތިބުމުން، އެ ޕާޓީ އުވިގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތްތޯ ސުވާލު ކުރުމުން "ދެން"އަށް ޖަވާބު ދެއްވަމުން އެމްއާރްއެމްގެ ސެކްރަޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، އެފަދަ އެއްވެސް ބިރެއް ނެތް ކަމަށާއި ދީފައިވާ މުއްދަތުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެ އަދަދަށް ވުރެ ގިނަ މެންބަރުން ހަމަކުރާނެ ކަމަށެވެ.

އެމްއާރްއެމުން މެންބަރުން މަދުވެފައި ތިބީ، އެ ޕާޓީގައި ތިބި ބައެއް މެންބަރުން، އެ މެންބަރުންނަށް ވެސް ނޭނގި އެހެން ޕާޓީތަކަށް ވައްދާފައިވުމުން ކަމަށް ވެސް އަލީމް ވިދާޅުވިއެވެ. އަދި އަލުން އެ މެންބަރުން އެމްއާރްއެމަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

https://dhen.mv/146150

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް