Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ނަޝީދު،ސަޢީދަށް: ފެނަކައަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި!

ނަޝީދު،ސަޢީދަށް: ފެނަކައަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި!

ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބުގެ ކެމްޕެއިންގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު ، ފެނަކަ މުވައްޒަފުންނަށް ބިރު ދައްކާކަމަށް ބުނެ ރައީސް މުޙައްމަދު ނަޝީދުގެ ހޫނު ބަހުގެ ހަމަލާތަކެއް ސައީދަށް ރައްދުކުރައްވައިފިއެވެ.

މުޙައްމަދު ސަޢީދަކީ ޗެއަރޕަރސަން އިންތިޚާބުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ރައީސް ޞާލިޙްގެ ތާއީދާއެކު ފައްޔާޒު އިސްމާޢީލާ ވާދަ ކުރައްވާއިރު ރައީސް ނަޝީދުގެ ތާއީދު އޮތީ އިމްތިޔާޒް ފަހުމީ (އިންތި)އަށެވެ.

އެމްޑީޕީ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕްގައި ރައީސް ނަޝީދު ލިޔުއްވި މެސެޖުތަކެއްގައި ސައީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. އެ ގޮތުން ސައީދު މުވައްޒަފުންނަށް ގުޅުއްވައި ބިރު ދައްކަވަމުން ގެންދަވާ ކަމަށާއި "ދެން މީހަކަށް ގުޅައިފި ނަމަ ފާޅުގައި ނިކުންނާނެ"ކަމަށް ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

"ފެނަކައަކީ މަނިކުފާނުގެ އަމިއްލަ ތަނެއް ނޫންކަން ހަނދާން ކުރާތި. ރަށްރަށުގެ ފެނަކަ މުވައްޒަފުންނަށް ބިރެއް ނުދެއްކޭނެ. ސައީދު އަޅުގަނޑު މި ޕާޓީން ވަކިކުރަން އުޅުނަސް، ފެނަކަ ހުރިހައި މުވައްޒަފުން އެކަމާ ނުރުހޭނެ،" ސައީދު މަސައްކަތް ކުރައްވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން ކަމަށް ތުހުމަތު ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

ޗެއަރޕަރސަންގެ އިންތިޚާބު މިހާރު ވަނީ ވަރަށް ފޯރިގަދަވެފައެވެ. ރައީސް ނަޝީދުގެ ތާއީދު އޮތް އިންތި ވެސް ވަނީ ރައީސް ނަޝީދު އެމްޑީޕީން ބޭރުކުރަން ބަޔަކު މަސައްކަތް ކުރާކަމަށް ވިދާޅުވެފައެވެ.

ޗެއަރޕަރސަންގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މެއި 14ގައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް