Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އިދިކޮޅުގެ ބޮޑު އެއްވުމާ އެމްއާރްއެމް ދެކޮޅު

އިދިކޮޅުގެ ބޮޑު އެއްވުމާ އެމްއާރްއެމް ދެކޮޅު

ރައްޔިތުންގެ ރައްކާތެރިކަމަށް ނުރައްކާވާނެ ފަދަ ގޮތަކަށް އެއްވެސް ސިޔާސީ ޙަރަކާތެއް ހިންގުމަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ބުނެފިއެވެ.

އެ ޕާޓީން މިހެން ބުނެފައި ވަނީ މާދަމާ އިދިކޮޅު ފަރާތްތަކުން ވެރިރަށް މާލޭގައި "އިންޑިއާ އައުޓް" ހަަރަކާތެއް ބޭއްވުމަށް ރާވައިފައި ވަނިކޮށެވެ. "ނޭވާހޮޅިއަށް" މިނަމުގައި އިދިކޮޅުން ބާއްވަން އުޅޭ އެއްވުން ނުބޭއްވޭނެ ކަމަށާއި، އެ ހަރަކާތުގައި ހަމަނުޖެހުން ހިންގަން މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

އެމްއާރްއެމުން ބުނެފައި ވަނީ، މިފަދަ ހަރަކާތްތައް ބޭއްވުން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެ ޕާޓީގެ ރަސްމީ ޓްވިޓަރ އެކައުންޓުން ކުރި ޓްވީޓުގައި ވަނީ، އެއްވެއުޅުމުގެ ޤާނޫނުން ލިބިދޭ ޙައްޤުތައް ހަނިކޮށް، ކުރީ ސަރުކާރުން 2016ވަނަ އަހަރު ޤާނޫނަށް ގެނައި ބަދަލު އުވާލުމަކީ ސަރުކާރު ކޯލިޝަނުން އެއްބަސްވެ، ރައްޔިތުންނަށް ވެފައިވާ ވަޢުދެއް ކަމަށް ވެސް ބުނެފައެވެ.

އެހެންކަމުން އެކަން އަވަސްކުރުމަށް ވެސް އެޕާޓީން ގޮވައިލައިފައިވެއެވެ.

https://twitter.com/MRM_Office/status/1506701968253014016

އިދިކޮޅުގެ އިންޑިއާ އައުޓް ހަރަކާތާ ގުޅޭގޮތުން ފުލުހުން ބުނީ، މި ހަރަކާތުގައި، މާލޭގައި އުޅޭ ކުށްކުރާ ގްރޫޕްތައް ހޯދައި އެއްވުމުގައި ބައިވެރިކުރުމަށް އެއްވުން އިންތިޒާމުކުރާ ފަރާތްތަކުން ރާވަމުންދާ ކަމަށެވެ.

ނަމަވެސް އިދިކޮޅުގެ ހަރަކާތު ކޮމެޓީގެ ޗެއާ، އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއީލް ވަނީ ފުލުހުންގެ މި ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް