Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސިޔާސީ

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 17 މީހުން އަދިވެސް ބަންދުގައި

މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި 17 މީހުން އަދިވެސް ބަންދުގައި

"ނޭވާހޮޅިޔަށް" މިނަމުގައި އިދިކޮޅު ފަރާތްތަކުން އިއްޔެ ބޭއްވި އެއްވުމުގެ ތެެރެއިން ހައްޔަރުކުރި 17 މީހުން އަދިވެސް ދޫކޮށްނުލާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު "ދެން"އަށް ވިދާޅުވީ އެއްވުުމުގެ ތެރެއިން ހައްޔަރު ކުރި އެންމެން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށެވެ. އެނގިފައިވާ ގޮތުގައި، މިއަދު 12:00ގައި ހައްޔަރީން މުއްދަތު ޖަހާ މަޖިލީހަށް ހާޒިރު ކުރާނެއެވެ.

އިއްޔެ އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތ.ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދާއި މާލޭގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ އިތުރުން ރައްޔިތުން ހޯރަފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ހިމެނިވަޑައިގަންނަވައެވެ.

Advertisement
Allied — Dhen Online (box)

އިއްޔެގެ އެއްވުން، ކުރިން އެންގުމަކައި ނުލައި އެއްވެވޭނެ ކަމަށް ގާނޫނުގައި ކަނޑައަޅައިފައިވާ ކާނިވާ ސަރަހައްދުގައި ބާއްވަން ނިންމި ނަމަވެސް، ފުލުހުން އެއްވުމަށް ހުރަސް އަޅައިފައި ވާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ، އެއްވުމުގެ ތެރެއިން ހައްޔަރު ކުރި އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށް ގޮވައިލައްވައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ރައްޔިތުން ޚިޔާލު ފާޅުކުރުމަށް ބޭއްވި ސުލްހަވެރި އެއްވުމެއް ހުއްޓުވުމަށް، ތިން ދުވަސް ކުރިން ސަރުކާރުން މަސައްކަތް ކުރުމުން އެނގެނީ، ސަރުކާރު "ޕްރެޝަރަށް" ވެއްޓިފައި އޮތް މިންވަރެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް