ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މޫސާ އަލިމަނިކު (މޫކޭ)ގެ ހޫނު ހަމަލާތަކެއް ރ.އުނގޫފާރު ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ)އަށް އަމާޒުވެއްޖެއެވެ.
ވެރިކަންކުރާ މައިޕާޓީ ، އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް ބާއްވާ އިންތިޚާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު ، އިމްތިޔާޒް ފަހުމީ (އިންތި)ގެ ތަރުޖަމާނު ވައްޑެއަށް މޫކޭ ބަހުގެ ހަމަލާތަކެއް ދެއްވީ އެ އިންތިޚާބުގައި ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލަށް ތާއީދު އިތުރު ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމެއްގައެވެ.
އެ ބައްދަލުވުމުގައި މޫކޭ ވިދާޅުވީ ވައްޑެ އެންމެ ފުރަތަމަ އުޅުއްވީ އަދާލަތު ޕާޓީގައި ކަމަށާއި އޭގެ ފަހުން ރައީސް ޔާމީންގެ ޕާޓީ ، ޕީޕަލްސް އެލަޔަންސް(ޕީއޭ)ގައި މަސައްކަތް ކުރެއްވި ކަމަށެވެ. އަދި އޭރު ރައީސް ނަޝީދަށް އެއްޗިހި ވިދާޅުވި ކަމަށް ވެސް މޫކޭ ވިދާޅުވިއެވެ.
"އިންތިގެ ސްޕޯކްސް ޕަރސަން (ވައްޑެ)ކިޔާ އެއްޗިހި ގިނަވެގެން އަޅުގަނޑު ބޭނުމީ ހަމަ މި ވާހަކަ ދައްކައިލާން، އިންތިގެ ސްޕޯކްސް ޕަރސަންއަކީ ރ.އަތޮޅުގައި އަދާލަތު ޕާޓީގައި އުޅުނު ބޭފުޅެއް، ދެން ޔާމީން ހަދައިގެން އުޅުނު ޕީއޭ ކިޔާ ޕާޓީއެއް، 2009ގައި ޙަސަންޓޭއާ ދެކޮޅަށް ކެނޑިޑޭޓެއް ނެރެގެން ޕީއޭ ކެނޑިޑޭޓަށް ތާއީދުކޮށް އުޅުނު މީހެއް ، ދަ މޯލްޑިވިއަން ކަންނޭނގެ ކިޔާ ކޮންމެ ވެސް ނޫހެއްގައި ޔާމީން ބޭނުން ހުރިހައި އެއްޗެއް ލިޔެދެމުން އެއްޗިހި ކިޔަމުން އައި މީހެއް، ރައީސް ނަޝީދަށް އަޅުގަނޑުމެން ކައިރީ ބެވިވަރު އެނގޭނީ އަޅުގަނޑުމެންނަށް" މޫކޭ ވިދާޅުވިއެވެ.
މޫކޭ ވިދާޅުވީ "އިޚްލާޞްތެރިވެގެން" އެ ބޭފުޅުންނާ ދިމާއަށް އެއްޗިހި ކިޔުމުގެ ޖާގައެއް ވައްޑެގެ ޓީމަކަށް ނެތް ކަމަށެވެ.
މެއި މަހުގެ 14ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ފޯރި މިހާރު ވަނީ ވަރަށް ގަދަވެފައެވެ. ޗެއަރޕަރސަންކަމަށް ވާދަކުރައްވާ މިނިސްޓަރ ފައްޔާޒް އިސްމާޢީލާއި މަޖިލިސް މެމްބަރު އިމްތިޔާޒް ފަހުމީ ގެންދަވަނީ ރަށްތަކަށް ދަތުރުކުރައްވައި ތާއީދު އިތުރުކުރެއްވުމުގެ މަސައްކަތް ކުރައްވަމުންނެވެ. މި ގޮތުން ކުރައްވާ ދަތުރުތަކުގައި ދެ ކެނޑިޑޭޓުންގެ ޓީމުން ވެސް ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ހޫނު ރައްދު ދެމުންނެވެ.
މޫކޭއަކީ ރ.މަޑުއްވަރީ ދެވަނަ ކުޑަކަތީބުގެ ވަޒީފާގައި ހުންނެވިއިރު ވެސް ރައީސް ނަޝީދުދެކެ ވ.ލޯބިން ސިޔާސީ މަސައްކަތުގައި އުޅުއްވި ބޭފުޅެއް އޭރުވެސް ރ.ފައިނު ވައްޑެއާ އިންނަމާދޫ ނާޝިދުއާ ދެމީހުން އުޅުނީ މޫކޭ އެބުނިގޮތައް ދެކޮޅުން ްކަމުން މިހާރުވެސް އެއުޅޭހެން މުނާފިގުވެގެން.
މޫކޭ ނިމިދިޔަ މަޖިލިސް އިންތިހާބުގަ އަމިއްލަ ގޮތުން ވާދަކުރީ ޕާޓީގެ ޓިކެޓް ނުލިބުނީމަ