ޚަބަރު ސިޔާސީ

މެޑިކަލް އޮފިސަރާ ގުޅޭ މައުލޫމާތު ދޭން ޝިޔާމް ގޮވައިލައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ހުކުރު ދުވަހުގެ މުޒާހަރާގައި ހަރަކާތްތެރިވި މެޑިކަލް އޮފިސަރު

"ނޭވާހޮޅިއަށް" މިނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދިޔަ ސުލްހަވެރި އެއްވުމުގައި ހަރަކާތްތެރިވި "މެޑިކަލް އޮފިސަރު" ނިސްބަތްވާ ގައުމާއި އޭނާ ވަޒީފާގައި ހޭދަ ކުރި މުުއްދަތު ހާމަ ކުރުމަށް ޕީޕީއެމްގެ ނައިބު ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ގޮވައިލައްވައިފިއެވެ.

Ads by Sosun Fihaara

ހުކުރު ދުވަހުގެ މުޒާހަރާގައި ފުލުހުންނާ އެކު ހަރަކާތްތެރިވި ބިދޭސީ މީހާއަކީ އިންޑިއާގެ ސިއްރު އެޖެންޓެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރުމުން، ފުލުހުން ވިދާޅުވީ އެމީހަކީ ފުލުހުންގެ އެމްބިއުލާންސްގައި އުޅުނު މެޑިކަލް އޮފިސަރެއް ކަމަށެވެ. އަދި ބައެއް ނޫސްތަކުން އޭނާގެ ފޮޓޯ އާންމު ކުރުމުން، އޭނާއަށް އިންޒާރު ލިބެމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފުލުހުން އެ ހާމަކުރީ ހަގީގަތް ނޫން ކަމަށެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގައި، ދިވެހި މެޑިކަލް އޮފިސަރެއް ނެތީތޯ ސުވާލު ކުރައްވައި ޝިޔާމް ވިދާޅުވީ މުޒާހަރާގައި އަނިޔާ ލިބުނު މީހަކަށް އެ މެޑިކަލް އޮފިސަރު ހިދުމަތް ދިން ތަން ފެނުނު މީހަކު ނެތް ކަމަށެވެ.

ހުކުރު ދުވަހު ބޭއްވި މުޒާހަރާ ކުރިއަށް ގެންދިޔުމަށް ފުލުހުން ހުރަސް އެޅުމުން، އިދިކޮޅުގެ ފާޑުކިޔުންތައް ވަނީ ސަރުކާރަށް އަމާޒުވެފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އެ އެއްވުމަށް ސަރުކާރުން ހުރަސްނޭޅި ނަމަ، 12،000 މީހުން ބައިވެރިވީސް ކަމަށެވެ.

Ads by Allied Insurance
  1. ކަޅުބުޅާ

    މިހިސާބަށް ކަންތަށް ދިޔާމަ ސިޔާސީ ނޫން މީހުންވެސް ގައުމު ސަލާމަތް ކުރަން ނިކުންނަން އެބަޖެހޭ.