ޚަބަރު ސިޔާސީ

250 މެންބަރުންގެ ފޯމް އެމްއާރްއެމްއިން ހުށަހަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯރމް މޫވްމަންޓް (އެމްއާރްއެމް)އިން އިތުރު 250 މެމްބަރޝިޕް ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.

Ads by STELCO

އެމްއާރްއެމްގެ ރެޖިސްޓްރާ ފާތިމަތު ޝަހީދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އެމްއާރްއެމްއިން އިލެކްޝަންސް ކޮމިޝަނަށް އިތުރު 250 ފޯމު ހުށަހަޅާފައިވާނެ ކަމަށެވެ.

"މިހައިތަނަށް ހުށަހެޅި ފޯމުތަކާ އެކު، މިހާރު އީސީ ދަފްތަރުގައި 3000އަ ށްވުރެ ގިނަ މެންބަރުން ތިބޭނެ. އަދި ޕާޓީގެ ދަފްތަރުގައި 4650 މެންބަރުން ހިމެނޭ. މިހަފުތާގައި އިތުރު ފޯމް ފޮނުވުމުގެ މަސައްކަތްދަނީ ކުރެވެމުން." ޝަހީދާ ވިދާޅުވިއެވެ.

އެމްއާރްއެމަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ފަށައިފައި މި ވަނީ، 3000 މެންބަރުން ހަމަނުވާ ޕާޓީތަކަށް މެންބަރުން ހަމަކުރުމަށް ތިންމަސް ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތުގައި މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް އުވައިލަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާ ގުޅިގެންނެވެ. އެގޮތުން މެންބަރުން ހަމަނުވާ ޕާޓީތަކުގެ ލިސްޓުގައި އެމްއާރްއެމްގެ އިތުރުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނެވި އެމްޓީޑީއާއި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ލީޑަރުކަން ކުރައްވާ ޑީއާރްޕީގެ އިތުރުން ލޭބަރ ޕާޓީ ވެސް ހިމެނެއެވެ.

އެމްއާރްއެމްގައި 3000 މެންބަރުން ހަމަ ނުވެ 2300 މެންބަރުން މިހާރު ތިބުމުން، އެ ޕާޓީ އުވިގެން ގޮސްދާނެ ކަމުގެ ބިރު އެބައޮތްތޯ ސުވާލު ކުރުމުން "ދެން"އަށް ޖަވާބު ދެއްވަމުން އެމްއާރްއެމްގެ ސެކްރަޓަރީ ޖެނެރަލް އަބްދުލް އަލީމް ވިދާޅުވީ، އެފަދަ އެއްވެސް ބިރެއް ނެތް ކަމަށާއި ދީފައިވާ މުއްދަތުގެ ތެރޭގައި އިރާދަކުރެއްވިއްޔާ އެ އަދަދަށް ވުރެ ގިނަ މެންބަރުން ހަމަކުރާނެ ކަމަށެވެ.

އެމްއާރްއެމުން މެންބަރުން މަދުވެފައި ތިބީ، އެ ޕާޓީގައި ތިބި ބައެއް މެންބަރުން، އެ މެންބަރުންނަށް ވެސް ނޭނގި އެހެން ޕާޓީތަކަށް ވައްދާފައިވުމުން ކަމަށް ވެސް އަލީމް ވިދާޅުވިއެވެ. އަދި އަލުން އެ މެންބަރުން އެމްއާރްއެމަށް ވެއްދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ސައްލި

    ޖެންޑާ އޭ ކިޔައިގެން ބަނޫ ނަސްލުގެ ދެޖިންސު ކަމުގައިވާ ފިރިހެން އަންހެން ޖިންސާއި މެދު އިސްލާމް ދީން ދެކޭ ގޮތާއި ހިލާފަށް ދެޖިންސުގެ މެދުގައި ނަފުރަތާއި ރުޅިވެރިކަން އުފެދޭ ފަދަ އިސްލާމް ފޯބިޔާ ކެމްޕޭން ހަރަކާތް ހިންގާ ބަޔަކުވެސް އެބައުޅޭ މިރާއްޖޭގައިވެސާ !