Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޝަރުޢީ ދާއިރާ

ކްރިމިނަލް ކޯޓުގެ ގާޒީ ސަމީރަށް ސުލޫކީ ފިޔަވަޅު އަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ސަމީރަށް ސުލޫކީ ފިޔަވަޅު އަޅައިފި

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރަށް ސުލޫކީ ފިޔަވަޅު އަޅައިފިއެވެ.

އެނގިފައިވާ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ގާޒީ ސަމީރަށް ފިޔަވަޅު އެޅީ ކްރިމިނަލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ މުއްދަތު މަޖިލީހުގައި ގާޒީ ސަމީރު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ.

ޖޭއެސްސީން ބުނީ ކޯޓަށް ހުށަހެޅުނު ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ މުއްދަތު މަޖިލީހުގައި މައްސަލަ ރައްދުވާ ފަރާތުގެ އެ އަމަލަކީ ވަރަށް އާދައިގެ ކަމެއް ކަމަށް ދޭހަވާ ގޮތަށް ގާޒީ ސަމީރު ވާހަކަ ދައްކަވައިފައި ކަމަށެވެ.

Advertisement
Ooredoo — Square (box)

މި މައްސަލަ ރައްދުވާ ފަރާތް ބަންދުގައި ބަހައްޓަން ގާޒީ ނިންމަވައިފައި ވަނީ ބަންދުން ދޫކޮށްލައިފި ނަމަ ނޫސްތަކުގައި އެ ވާހަކަ ޖަހާނެތީ ކަމަށާއި އަބަދުވެސް ގޯސްވެފައި އޮންނަނީ ކޯޓުތައް ކަމަށް ބުނެއެވެ. އެ ގޮތަށް ގާޒީ ވާހަކަ ދެއްކެވިކަން ތަހުގީގަށް ސާބިތުވާ ކަމަށް ވެސް އެ ކޮމިޝަނުން ބުނެފައިވެއެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ ގާނޫނުގެ ދަށުން ގާޒީ ސަމީރަށް ނަސޭހަތް ދިނުމާ އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށް މިމަހުގެ 13 ވަނަ ދުވަހު ކޮމިޝަނުން ނިންމައިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް