Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

މަރަދޫއާއި މަރަދޫފޭދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިފި

މަރަދޫއާއި މަރަދޫފޭދޫގެ ބަނދަރު ރަސްމީކޮށް ހުޅުވައިފި

އައްޑޫސިޓީގެ މަރަދޫއާއި މަރަދޫފޭދޫގެ ބަނދަރު މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

މި ދެ ބަނދަރު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙެވެ.

އައްޑޫ ސިޓީގެ މަރަދޫގެ ބަނދަރު މަސައްކަތް ކުރިއަށްގެންގޮސްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ.

Advertisement
Allied — Dhen Online (box)

އެމްޓީސީސީން ކުރިއަށް ގެންދިޔަ މި މަޝްރޫޢުގެ ދަށުން ބަނދަރު ފުންކޮށް ސޭންޑް-ފިލް ބްރޭކްވޯޓަރ ހެދުމާއި 340 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި 276 މީޓަރުގެ ކޮންކްރީޓް ބްލޮކް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ވެސް ހިމެނެއެވެ.

މަރަދޫފޭދޫގެ ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑުންނެވެ. މި މަޝްރޫއުގެ ދަށުން ބަނދަރާއި ނެރު ފުންކުރުމާއި 243 މީޓަރުގެ ދިގުމިނުގައި ބޮޑު ހިލައިގެ ބޭރުތޮށި ޖެހުމާއި 260 މީޓަރުގެ ކޮންކްރީޓް އެއްގަމު ތޮށި ޖެހުމާއި އެއްގަމު ތޮށްޓާއި އިންވެގެން ޕޭވްމަންޓް ހެދުމާއި ބަނދަރު ސަރަހައްދުގެ ލައިޓް ހަރުކުރުން ހިމެނެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް