ޚަބަރު

މިރޭ ހަވާ އަރުވާ ގަޑި ބަދަލު ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގަޑި ބަދަލުކޮށްފިއެވެ.

Ads by Sosun Fihaara

ފުލުހުންގެ 89ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހުޅުމާލޭގައި މިރޭ ހަވާ އަރުވަން ކުރިން ނިންމައިފައި ވަނީ މިރޭ 11:00 ގައެވެ.

ނަމަވެސް ފުލުހުން ދެންމެ ކުރި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ 89ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި 30 މާރިޗް 2022ވަނަ ދުވަހުގެ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަވާ އެރުވުން މިރޭ 10:00އަށް ބަދަލު ކުރެވިފައިވާ ވާހަކަ ދަންނަވާ ކަމަށެވެ.

ފުލުހުންގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ޖުމްހޫރީ މައިދާނުގައި ވަނީ ރަސްމީ ޖަލްސާއެއް ވެސް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މުޢުތަޞިމް އަދުނާން އިތުރުން، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު، އަދި ދައުލަތުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލިސްގެ އިއްޒަތްތެރި މެމްބަރުންނާއި، ދައުވަތު އެރުވިގެން ވަޑައިގެންނެވި ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ފުލުހުންގެ ކޮމިޝަންޑު އޮފިސަރުންނާއި، އެގްޒެކެޓިވް އޮފިސަރުންނާއި، އެހެނިހެން ފުލުހުންނާއި ފުލުހުންގެ ސިވިލް މުވައްޒަފުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި މެޑަލް ލިބިލެއްވި ފުލުހުންނަށް ކުލައާއި މެޑަލް ދެއްވައިފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!