ޚަބަރު ސިޔާސީ

ސިރާޖުގެ ރައްދު އިކްރާމަށް: ވިސްނުން އެހެން ހުރީ ޔާމީންގެ ސަރުކާރާވެގެން އުޅުނު މީހަކަށް ވީމަ ކަމަށް ވެދާނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންގެ ވިސްނުމަކީ އަސްލު އެމްޑީޕީގެ ވިސްނުމެއް ނޫން ކަމަށާއި އެ ގޮތަށް އެކަންވީ، އެމަނިކުފާނަކީ ރައީސް ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅަކަށް ވުމުން ކަމަށް ޤަބޫލުފުޅު ކުރެވޭ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސިރާޖުގެ ފާޑު ކިޔުން އިކްރާމަށް އަމާޒުވެފައި ވަނީ، ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ސިރާޖު ދެއްކެވި ވާހަކަފުޅަކަށް އިކްރާމް ރައްދު ދެއްވުމުންނެވެ. ސިރާޖު ވިދާޅުވީ، އެމްޑީޕީގެ އުސޫލުތައް ދަމަހައްޓައިގެން މެނުވީ އެމްޑީޕީއަކަށް 2023 ނުލިބޭނެ ކަމަށާއި ޕްރޮޖެކްޓްތަކަށް ވޯޓްދޭ ނަމަ ރައީސް ޔާމީނަށް 2018ވަނަ އަހަރު އިންތިޚާބު ކާމިޔާބު ވާނެ ކަމަށެވެ.

"އެމްޑީޕީއަށް 2023 ލިބޭނީ އެމްޑީޕީގެ އުސޫލުތައް ހިފަހައްޓައި ދަމަހައްޓައިގެން, ތިލަފަތް ރަމްޒުކޮށްދޭ ހަމަތައް ނަގަހައްޓައިގެން" ސިރާޖު ވިދާޅުވިއެވެ.

ސިރާޖުގެ މި ވާހަކަތަކާ ގުޅިގެން އިކްރާމް ވިދާޅުވީ، ސަރުކާރުގައި ތިބޭއިރު، ގޯސް ހަދާނެ މީހުންނައި، ގޯސްކޮށް ކުރެވޭ ކަންކަން ވެސް ހުންނާނެކަމަށެވެ. އެ ކަންކަން އިސްލާހު ކުރުމަކީ ސަރުކާރުގައި ތިބޭއިރު ސަރުކާރަށް ތާއީދުކުރާ މީހުން ކުރަންޖެހޭ ކަމެއްކަމަށާއި، އެކަން ނުކޮށް މީހުންނަށް ވަގަށް ގޮވައި، މީހުންގެ އަބުރު ކަތިލުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށް އިކްރާމް ވިދާޅުވިއެވެ.

"ސަރުކާރުގައި ތިބޭއިރު އެކި ތުހުމަތު ކުރާނެ ކަމާއި، ބައެއް މީހުން ގޯސް ވެސް ހަދާނެ ކަމަށާއި ނިޒާމުގެ ތެރެއިން މިކަންކަމުގެ ހައްލު ހޯދާ، ކަންކަން ރަނގަޅު ކުރުމަކީ ތިމާމެންގެ ވެސް ޒިންމާއެއްކަން ހަނދާން ކުރަން ޖެހޭ. ތިމާ ހިތް ނުރުހޭ މީހެއް ނަމަ ވަގަށް ގޮވާ އަބުރު ކަތިލުން ބަލައެއް ނުގަނެވޭ." އިކްރާމް ކުރެއްވި ޓްވީޓްގައި ވިދާޅުވިއެވެ.

މި ޓްވީޓަށް ރައްދު ދެއްވަމުން ސިރާޖު ވިދާޅުވީ، އިކްރާމަކީ ރައީސް ޔާމީނަށް ތާއީދު ކުރެއްވި ފަރާތެއް ކަމަށާއި އިކްރާމްގެ ވިސްނުން އެ ގޮތަށް ހުރީ އެހެންވެ ކަމަށް ވެދާނެ ކަމަށެވެ.

"އަޅުގަނޑުމެން ރައީސް ޔާމީންގެ އަނިޔާވެރިކަމާ ދެކޮޅަށް މަސައްކަތް ކުރިއިރު، މަނިކުފާނު ހުންނެވީ ރައީސް ޔާމީންގެ ޑެޕިއުޓީ މިނިސްޓަރަކަށް. ޔާމީނަށް ކަމުނުގޮސްގެން އެ މަޤާމުން ވަކި ކުރުމާ ހަމައަށް، ގަދަޔަށް ޔާމީންގެ ސަރުކާރާ ވެގެން އުޅުނު މީހަކަށް ފަހަރުގައި ތިޔަ ގޮތަށް ވިސްނުން ހުރެދާނެ" ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

Ads by HDC
  1. ޖާބިރު

    އިކުރާމާކީ ވައިކުޑާގާފުންމާލި ގޮޅައެއް

  2. ޖާބިރު

    އިކުރާމު ޕާޓީއެއްހަދަން އުޅެ ނުހެދިގެން ޖޭޕީއައްގޮސް ކޯލިސަނުން މަގާމުހޯދާ ޔާމީނުހޮވަންދުވެ ނުހޮވުނީމަ އެމްޑީޕީވެރިކަމައްއައިފަނުން ފޯމްތަކެއްފުރައިގެން އެމްޑީޕީ ޓިކެޓު ޖަހައިގަތީ