Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

ރާއްޖެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގައި: ރައީސް ޔާމީން

ރާއްޖެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގައި: ރައީސް ޔާމީން

ރާއްޖެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ފޮނުއްވައި އާންމު ކުރެއްވި ބަޔާނެއްގައި ރައީސް ޔާމީން ވިދާޅުވީ ރަމަޟާން މަސް ބައްދަލުވާއިރު ގައުމު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށެވެ. އެގޮތުން ދިވެހީންގެ މިނިވަންކަމާއި އިސްތިގުލާލަށް ގެއްލުންވާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އިގްތިސާދީ ހާލަތު ވެސް ވަނީ އެތައް އަހަރެއް ފަހަތަށް ސޮއްސައިލައިފައި ކަމަށެވެ.

Advertisement
HDC — Sidebar (box)

"ދީނީ ކަންކަމުގައި ޝާމިލުވެ އުޅުމުގައި ވެސް އެތައް ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވޭ" ރައީސް ޔާމީން ވިދާޅުވިއެވެ.

އެހެން ކަމުން މި ހުރިހާ ކަމަކުން ގައުމު ސަލާމަތްކޮށްދެއްވައި ގައުމު އަލުން އަނބުރާ ހޯދުމަށް ދިވެހީން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި ކާމިޔާބީ މިންވަރު ކުރެއްވުން އެދި މާތްﷲ ސުބުހާނަހޫ ވަތައާލާގެ ހަޟްރަތުގައި ދުއާ ދަންނަވާ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް