Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސިޔާސީ

ހަތަރު ސިޔާސީ ޕާޓީއަކަށް 32.9 މިލިއަން ރުފިޔާ ދޫކުރަން އިލެކްޝަނުން އެދިއްޖެ

ހަތަރު ސިޔާސީ ޕާޓީއަކަށް 32.9 މިލިއަން ރުފިޔާ ދޫކުރަން އިލެކްޝަނުން އެދިއްޖެ
ސިޔާސީ ޕާޓީތަކުގެ ތެރެއިން ޝަރުތު ހަމަވާ ހަތަރު ސިޔާސީ ޕާޓީއަކަށް 32.9 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ދޫކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ފިނޭންސް މިނިސްޓްރީގައި އެދިއްޖެއެވެ. މިއަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިރު، ސިޔާސީ ޕާޓީތަކުގެ ޝަރުތު ހަމަވާ އޮތީ ހަތަރު ޕާޓީއެކެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމްއާއި ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. އޮންލައިން ނޫސް "އަދަދު"އަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ޕީޕީއެމްއަށާއި ޖުމްހޫރީ ޕާޓީއަށް ފައިސާ ދޫކުރަން މިދިޔަ މަހު ފަހުކޮޅު ފިނޭންސްގައި އެދިފައިވާނެ ކަމަށާއި އެމްޑީޕީއަށާއި އަދާލަތު ޕާޓީއަށް ފައިސާ ދޫކުރަން މިދިޔަ ހަފްތާގެ ތެރޭގައި އެދިފައިވާނެ ކަމަށެވެ. އިލެކްޝަންސްއިން ފައިސާ ދޫކުރަން އެދިފައިވާ ސިޔާސީ ޕާޓީތަކާއި އަދަދުތައް:
  1. އެމްޑީޕީގެ 54،660 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 15،024،009.96 ރުފިޔާ
  2. ޕީޕީއެމްގެ 34،237 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 9،410،483.51 ރުފިޔާ
  3. ޖޭޕީގެ 20،107 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 5،526،669.74 ރުފިޔާ
  4. އަދާލަތު ޕާޓީ، 10،554 މެމްބަރުން: ދޫކުރާ ފައިސާގެ އަދަދު، 2،900،903.79 ރުފިޔާ

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް