ދީން

އެތައް ގިނަ ވާހަކައަކާ އެކު ހިތަށް ފިނިކަން ދިން ފޮޓޯގަނޑު!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިއީ އުމްރާ އަޅުކަމުގެ ތެރެއިން މީހަކު ނަގައި މީސްމީޑިއާއަށް ދޫކޮށްލި ފޮޓޯއެކެވެ. ފޮޓޯދޫކޮށްލުމާ އެކު އިސާހިތަކު މުޅި މީޑިއާގައި ފޮޓޯ ވައިރަލް ވެގެންދިޔައެވެ.

Ads by MWSC

ފޮޓޯއިން ފެންނަނީ މާތްވެގެންވާ ޙަރަމްފުޅުގައި އަޅުކަމުގައި ގަދަ ހޫނުގައި "ދެމަފިރިއަކު"ތިބި ތަނެވެ. ފިރިމީހާގެ ހިޔަލުން އަނބިމީހާ ހިޔާ ހޯދައިގެން އިންކަމަށް ފޮޓޯ ސިފަކޮށްދެމުން ބުނެފައި ވެއެވެ.

މި ބަސްކޮޅުވެގެން ދިޔައީ އެތައް ބައެއްގެ ޖަޒުބާތާ ކުޅެލި ބަސްކޮޅަކަށެވެ. އެހެނީ ފިރިމީހާއަކީ އަނބިމީހާގެ ބެލެހެއްޓުންތެރިޔާއެވެ. ކޮންމެ ޙާލެއްގައި ވެސް އަނބިމީހާއަށް ރައްކާތެރިކަން ދިނުމާއި އެހީތެރިކަން ދިނުމީ ފިރިމީހާގެ މައްޗަށް އޮތް ވާޖިބެކެވެ. އަދި މިއަށް ވުރެ ސަޅިކަމަކަށް ގިނަ ބަޔަކު ފާހަގަކޮށްފައި އޮތީ އަޅުކަމުގައި ވެސް ދެމަފިރީން ދައްކަމުންދާ އިޚްލާޞްތެރި ގުޅުމެވެ.

ފޮޓޯ ވައިރަލްވެ ދިޔަ ފަހުން ފޮޓޯގެ ޙަޤީޤަތް ވަނީ ހާމަވެފައެވެ. އަދި އެ ޙަޤީޤަތާ އެކު، ދެމަފިރިންގެ ދެމެދުގައި އޮންނަ މާތް ގުޅުމާ އެއްފަދަ މަތިވެރި އެހެން ގުޅުމެއްގެ ރީތިކަމަށް އެތައް ބަޔަކު ވަނީ ތަޢުރީފްކޮށްފައެވެ.

ޙަޤީޤަތުގައި ފޮޓޯގައި އެ ތިބީ ދެމަފިރީންނެއް ނޫނެވެ. އެއީ އަންހެން ކޮއްކޮއަކާއި ބޭބެއެކެވެ. އެއްބަނޑު އެއްބަފާކަމުގެ ކިހައި ރީތި ގުޅުމެއް ހެއްޔެވެ! ބޭބެގެ ހިޔަލުން ހިޔާ ލިބިގެން އެއިނީ އަންހެން ކޮއްކޮއެވެ. އަނެއްކާ ވެސް އެކެއްގެ ފަރާތުން އަނެކާއަށް ރައްކާތެރިކަން ލިބެން ޖެހޭ ލޮބުވެތި ގުޅުމެއްގެ ޞިފަކޮށްލުމެކެވެ.

ފޮޓޯގެ ޙަޤީޤަތް ކިޔައިދީފައި ވަނީ އެ ފޮޓޯއިން ފެންނަ އަންހެން ކުއްޖާއެވެ. އަބީރު ނަމަކަށް ކިޔާ އޭނާ ބުނެފައި ވަނީ ބޭބެއާ އެކު އުމްރާއަށް ކުރި ދަތުރަކީ ޚާއްޞަ ދަތުރެއް ކަމަށާއި އެ ފޮޓޯއަކީ އެ ދެބެން މައްކާގައި ހޭދަކުރި ފަހު ދުވަހުގައި ނެގި ފޮޓޯއެއް ކަމަށެވެ. އަދި ފޮޓޯ ނެގި ފަރާތަށް ޝުކުރުއަދާ ކުރަމުން ޢަބީރު ބުނީ އެއްބަނޑު އެއްބަފާ މީހުންނާއި ، އާއިލާއާއި ނުވަތަ ރައްޓެހީންނާ އެކު އުމްރާކޮށްލުމަކީ އުފާވެރި ތަޖުރިބާއެއް ކަމަށެވެ. ހަމަ އެހެންމެ މީސްމީޑިއާގެ އެތައް އެކައުންޓްތަކަކުން ޕޯސްޓްކުރި އެ ފޮޓޯގެ ޙަޤީޤަތް އެނގުމުން ވަރަށް ގިނަ ފަރާތްތަކަކުން ޞައްޙަ މައުލޫމާތަށް ބަދަލުކޮށް މަޢާފަށް އެދިފައިވާކަމަށާއި އޭނާގެ ހިތުގައި އެކަމާ މެދު ބުރަކަމެއް ނެތްކަމަށް ޢަބީރު ބުނެފައި ވެއެވެ.

ޢަބީރު ބުނީ ގިނަ ބައެއްގެ ހިތަށް ފިނިކަން ލިބުނު ފޮޓޯއަކަށް އެ ފޮޓޯވެގެން ދިޔުމުން ވަރަށް އުފާކުރާ ކަމަށެވެ.

ތެދެކެވެ. އެ ފޮޓޯއިން ކިޔައިދިނީ ވަރަށް ގިނަ ވާހަކަތަކެކެވެ. އޮޅުމެއް ނަމަވެސް ފުރަތަމަ މަރުޙަލާގައި ވެސް ދިނީ ގިނަ މެސެޖުތަކެކެވެ. އަނތްބަކާއި ފިރިއެއްގެ ގުޅުމަށް ބެއްޔަސް ފިރިމީހާގެ ހިޔަލުން އެކަނި އެހީވެދެވެން އޮތް ވަގުތެއްގައި ވެސް އަނބިމީހާއަށް އެ ދަނީ އެ ހިޔާ ލިބެމުންނެވެ. އަޅުކަމުގައި ދެމީހުން ތިބީ އެހީތެރިކަމުގައެވެ. ފިރިމީހާގެ ކިބައިން  އަނބިމީހާ އިނީ ރައްކާތެރިކަން ލިބިގަނެގެންނެވެ.

ފޮޓޯގެ ޙަޤީޤަތް ވެސް ބުނެދިނީ އަދި މާރީތި ވާހަކައެކެވެ. ޢަބީރަށް "ޚަރީފްގެ ތަކްލީފް"ޖެހުނަ ނުދީ ބޭބެ އެ އިނީ ރައްކާތެރިކަން ދީގެންނެވެ.

މި ވާހަކަތަކާ އެހެން އުޚުތާއެއްގެ ވާހަކަ ހިއްސާކޮށްފައި ވެއެވެ. މޮރޮކޯގެ ފަރާޙް ކިޔާ އަންހެނަކު ކިޔައިދީފައި ވެއެވެ.

"އަހަންނާ އެކު އުމްރާއަށް ދިޔުމަށް ވައުދުވި ބޭބެއާ އެކީ އުމްރާވުމަކީ އަހަރެންގެ ވެސް ހުވަފެނަކަށްވިއެވެ. ނަމަވެސް އެކަން ތަޤްދީރުގައި ލިޔެވިފައެއް ނުވިއެވެ. ދެ އަހަރު ކުރީގެ ރަމަޟާން މަހުގެ 15ވަނަ ދުވަހު ބޭބެ ވަނީ މި ދުނިޔެއާ ވަކިވެފައެވެ. ރޯދައިގެ މަތީގައި ނަމާދުގައެވެ. ބޭބެގެ މަރަކީ މުޅި އާއިލާއަށް ޝޮކަކަށް ވީ ނަމަވެސް ކޮންފަދަ ރީތި މަރެއް ހެއްޔެވެ؟

ބޭބެވީ ވައުދު ފަދައިން ބޭބެއަށް ޓަކައި އަހަރެން އުމްރާއެއް ކުރާނަމެވެ. އެ ބޭބެއަކީ ރާނީއެއް ފަދައިން އަހަންނަށް ޚިދުމަތްކޮށްދިން މީހެކެވެ. އަހަންނަށް ޓަކައި ކޮންމެ ކަމެއް ވެސް ކޮށްދޭން ތައްޔާރަށް ހުރި މީހެކެވެ.

އެއްބަނޑު އެއްބަފާ ގުޅުމަކީ ޚާއްޞަ ގުޅުމެކެވެ. އެ ގުޅުމާ މެދު ފަރުވާތެރިވާށެވެ. އެއްބަނޑު އެއްބަފާ މީހުންނަށް ، އެ މީހުން ދުނިޔޭގައި ތިއްބަސް އަދި ނެތަސް ހެޔޮ ދުޢާކޮށްދޭށެވެ."

Ads by Ooredoo
  1. މާޝާއައްލާހ