Tuesday, 3 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކައިވެނިކުރާނެ ކަމަށް ބުނެ ގެއަކަށް ގެންގޮސް 16،000 ރުފިޔާ ފޭރުނު މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

ކައިވެނިކުރާނެ ކަމަށް ބުނެ ގެއަކަށް ގެންގޮސް 16،000 ރުފިޔާ ފޭރުނު މައްސަލައިގައި ބަޔަކު ހައްޔަރުކޮށްފި

ކައިވެނި ކުރާނެ ކަމަށް ބުނެ ފިރިހެނަކު ގެއަކަށް ގެންގޮސް، ބިރު ދައްކައިގެން އޭނާ އަތުން 16،000 ރުފިޔާ ފޭރުނު ކަމުގެ މައްސަލައެއްގައި ބަޔަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާލޭގެ ގެއަކަށް ގެންގޮސް އެމީހާއަށް ވަޅިން ބިރުދެއްކުމަށް ފަހު ފައިސާ އަތުލިކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އަންހެނަކާއި ފިރިހެނެކެވެ. އެ ދެމީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް އިތުރު ކޮށްފައެވެ.

މި ހާދިސާގައި އަނިޔާ ލިބުނު މީހާ ބަޔާން ދިން ގޮތުގައި، އޭނާ އެގެއަށް ގެންދިޔައީ އޭނާއާއި ކައިވެނި ކުރާނެ ކަމަށް ބުނެއެވެ. ނަމަވެސް އެގެއަށް ދިޔުމުން ވަޅިން ބިރު ދެއްކުމަށް ފަހު، އޭނާގެ ކޭޝްކާޑު ބޭނުން ކޮށްގެން 16،000 ރުފިޔާ ފޭރިގެންފައިވާ ކަމަށް ވެސް އެމީހާގެ ބަޔާނުގައިވެއެވެ.

Advertisement
HDC — Sidebar (box)

މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ ދެ މީހުންގެ މައްޗަށް ވެސް ކޮންމެ ވެސް މިންވަރެއްގެ ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކި އެބަހުރި ކަމަށް ކޯޓު އަމުރުގައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް