ކުޅިވަރު

އެފްއޭއެމްއިން "ރޭޑިއަންޓް"އަށް ފުރުސަތެއް ނުދިން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކުރީގެ "ނިއު ރޭޑިއަންޓް"ސްޕޯޓްސް ކްލަބާއި އެއްގޮތް ގޮތެއް ހުރި ކަމަށް ބުނެ އެ ޓީމުގެ ސަޕޯޓަރުންތަކެއް ހަދައިފައިވާ "ރޭޑިއަންޓް"އަށް ފުރުސަތު ނުދޭން އެފްއޭއެމްއިން ނިންމައިފިއެވެ.

Ads by STELCO

ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމްއިން މީގެ ކުރިން ވަނީ ނިއުރޭޑިއަންޓް ސަސްޕެންޑު ކޮށްފައެވެ.

ރޭޑިއަންޓް ސްޕޯޓްސް ކްލަބުން މިއަދު ބުނީ އެ ކްލަބަށް ފުރުސަތު ނުދޭން އެފްއޭއެމްއިން ނިންމީ ލޯގޯއާއި ކުލައަށް ބަލާއިރު އެއީ ނިއު ރޭޑިއަންޓާ ގުޅޭ ކްލަބަކަށް ވާތީ ކަމަށެވެ. އަދި ރޭޑިއަންޓުގެ ބޯޑުގައި، ނިއު ރޭޑިއަންޓުގެ ބޯޑު މެމްބަރުންތަކެއް ތިބުމަކީ ވެސް އެކަމަށް ބާރު ލިބޭ ކަމެއް ކަމަށް އެފްއޭއެމުން ދެކޭ ކަމަށް ރޭޑިއަންޓުން ބުނެފައިވެއެވެ.

އެ ކްލަބުން ބުނީ އޭއެފްސީއާއި ރާއްޖޭގެ ސްޕޯޓްސް ކޮމިޝަނަރު ހީނާ އަހުމަދު ސަލީމުގެ މަޝްވަރާގެ މަތިން، ރޭޑިއަންޓަކީ ސަސްޕެންޑްކޮށްފައި އޮތް ނިއުރޭޑިއަންޓުގެ ސްޕޯޓިން ސަކްސެސާއެއް ކަމަށް ފީފާގެ ގަވާއިދުގެ ދަށުން ބެލޭނެ ތަން އޮތުމުން ފުރުސަތު ނުދިނީ ކަމަށެވެ.

"ރޭޑިއަންޓަކީ ނިއުރޭޑިއަންޓްކަމަށް ކަނޑައަޅައި އެފްއޭއެމްއިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ރޭޑިއަންޓަށް ބައިވެރި ނުވެވޭނެ ކަމަށް، އެފްއޭއެމްއިން ވަނީ ކްލަބަށް މައުލޫމާތު ދީފައި،" ރޭޑިއަންޓް ކްލަބުން ބުންޏެވެ.

އެފްއޭއެމުން ރޭޑިއަންޓަށް ކުޅޭނެ ފުރުސަތު ނުދޭން ނިންމީ އެ ކްލަބުން ކޯޗުންނާއި ކުޅުންތެރިން ހޯދައި ތިންވަނަ ޑިވިޝަނަށް ތައްޔާރުވެފައި ވަނިކޮށެވެ. ކޯޗަކަށް ހަމަޖައްސައިފައި ވަނީ ކުރީގެ ޑިފެންޑަރު ސޮބާހު މުހައްމަދު އިބްރާހީމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!