Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

"އިންޑިއާ އައުޓް"ގެ ހުރިހައި ބެނާތަކެއް ނަގަން ފުލުހުން އަންގައިފި

"އިންޑިއާ އައުޓް"ގެ ހުރިހައި ބެނާތަކެއް ނަގަން ފުލުހުން އަންގައިފި

އިދިކޮޅު ލީޑަރ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގެކޮޅާއި، ޕީޕީއެމް އޮފީސް އަދި އެނޫން ވެސް ބައެއް ތަންތަނުގައި ދަމައިފައިވާ "އިންޑިއާ އައުޓް" ބެނާތައް ނެގުމަށް ފުލުހުން އަންގަވައިފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މާލޭގެ ތިން ގެއެއްގެ ބޭރުގައި "އިންޑިއާ އައުޓް" ޖަހައި ދަމައިފައިވާ ބެނާތަކެއް ނެގުމަށް އަންގާފައިވާނެ ކަމަށެވެ.

އެ ބެނާތައް ނަގަން އެންގުމާ ގުޅޭގޮތުން ފުލުހުން ވިދާޅުވީ "އިންޑިއާ އައުޓް" ޖަހައި ބެނާ ދަމައިފައި ހުރުމަކީ, ވަކި ގައުމަކަށް ނިސްބަތްކޮށް ހިންގޭ، އެ ގައުމުގެ ގަދަރާއި ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލެއްގެ ގޮތުގައި ސިފަވުމާއި، ބައިނަލްއަގުވާމީ ގުޅުންތަކާއި އަވަށްޓެރި ގައުމުތަކާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ ހާރިޖީ އަދި ސަގާފީ ގުޅުންތަކަށް އޭގެ ސަބަބުން ނުރަނގަޅު އަސަރުކޮށް އެ ގައުމުތަކުގައި ދިރިއުޅޭ އަދި ޒިޔާރަތްކުރާ ދިވެހީންގެ މަސްލަހަތަށް ވެސް ގެއްލުން ވެދާނެކަމެއް ކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭ ކަމަށެވެ.

Advertisement
Ooredoo — Square (box)

އޭގެ އިތުރުން، މިފަދަ އަމަލުތަކަކީ އޭގެ ވަށައިގެން ހިނގާ ކަންކަމުގެ ސަބަބުން ދިވެހި ރާއްޖެއާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގެއްލުން ވެދާނެ ފިތުނަވެރި އަމަލަކަށް ވާތީ، އެއީ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ (ހ)ގެ 6ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޖާއިޒު މަގުސަދެއް ހާސިލުނުވާނެ އަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނާނެ ފަދަ ހާލަތެއް އުފެދިދާނެ އަމަލެއް ކަމުގައި ބެލެވޭތީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގެ 22ވަނަ މާއްދާގެ (ރ)، (ނ) އަދި (ފ) ގެ ދަށުން އާންމު މަސްލަހަތު ރައްކާތެރި ކުރުމާއި، އާންމު މަސްލަހަތު ގާއިމްކުރެވިގެންވާ ރައްކާތެރިކަން ދެމިއޮތް މުޖުތަމައެއްގެ އިހުސާސް ރައްޔިތުންނަށް ދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، ދާހިލީ ނުރައްކާތަކުން ރައްކާތެރިވެ އޮތް މާހައުލެއް ގާއިމުކޮށް، މުޖުތަމައުގެ ރައްކާތެރިކަމަށް ބުރޫއަރާފާނެ ކަންކަން ދުރާލައި ދެނެގަނެ އެކަންކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގެ ބާރާއި މަސްއޫލިއްޔަތު ހަވާލުވެގެންވާ މުއައްސަސާގެ ހައިސިއްޔަތުން "އިންޑިއާ އައުޓް" ޖަހައިފައިވާ ބެނާތައް ނެގުމަށް ލިޔުމުން އަންގފައިވާނެ ކަމަށް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް