ޚަބަރު ޝަރުޢީ ދާއިރާ

ބާ އިމްތިހާނު އެކުލަވައިލަން 8.5 މިލިއަން ރުފިޔާ ޚަރަދުކުރިކަން ހާމަވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ ބާ އިމްތިހާނު އެކުލަވައިލުމަށް ބާ ކައުންސިލުން 8.5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ހާމަވެއްޖެއެވެ.

Ads by MWSC

ނިމިދިޔަ މާރިޗް މަހު ބާ ކައުންސިލުން ވަނީ ބާ އިމްތިހާނުގެ ފީގެ ގޮތުގައި 20،000ރ. ކަނޑައަޅައިފައެވެ. އެކަމަކު، އޭގެ ދެބައިކުޅަ އެއްބައި ބާ ކައުންސިލުން ދައްކައިދޭތީ ކޮންމެ ދަރިވަރަކު ވެސް ދައްކަން ޖެހޭނީ 10،000 ރުފިޔާ ކަމަށް ވެސް ކަނޑައަޅައިފައިވެއެވެ.

ބާ އިމްތިހާނުގެ ފީ ކަނޑައެޅުމުގައި އިމްތިހާނު އެކުލަވައިލަން ދާ ޚަރަދަށް ބެލި ކަމަށާއި ފީގެ ގޮތުގައި ކަނޑައެޅި އަދަދު ދައްކަން ގިނަ ދަރިވަރުންނަށް ދަތި ކަމަށް ބުނެ ބައެއް ދަރިވަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށް ބާ ކައުންސިލުން ބުނެފައިވެއެވެ.

ބާ އިމްތިހާނުގެ ފީއާ މެދު ހުރި ކަންބޮޑުވުންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މީގެ ކުރިން ވަނީ ބައެއް ކަންކަން ސާފު ކުރަން ބާ ކައުންސިލަށް ސިޓީ ފޮނުވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!