Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ލުއި ޚަބަރު

ކައިވެނި ކުރަން އުޅުނު މީހާ ހައްޔަރު ކުރުމުން މި ފުލުހަށް ތައުރީފު އޮހެނީ

ކައިވެނި ކުރަން އުޅުނު މީހާ ހައްޔަރު ކުރުމުން މި ފުލުހަށް ތައުރީފު އޮހެނީ

އިންޑިއާގެ އައްސާމްގައި މަސައްކަތް ކުރާ ފުލުހަކު ކައިވެނި ކުރަން އުޅުނު ފިރިހެނަކު، މީހުންނަށް އޮޅުވާލައިގެން މަކަރާ ހީލަތުން މީހުން އަތުން ފައިސާ ހޯދަމުން ދާތީ އޭނާ ހައްޔަރުކޮށްފިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ރާނާ ޕޮގާގް ނަމަކަށް ކިޔާ އެ ފިރިހެން މީހާ ވަނީ، އެތައް ބަޔަކަށް ވަޒީފާ ދޭނެ ކަމަށް ބުނެ އެ މީހުން އަތުން އޮޅުވާލައިގެން ގިނަ އަދަދަކަށް ފައިސާ ހޯދައިފައެވެ. ރާނާ ދެކޮޅަށް މައްސަލަ ހުށަހަޅަައި އޭނާ ހައްޔަރުކުރީ އޭނާ ކައިވެނި ކުރަން ތައްޔާރު ވަމުން ދިޔަ ޖުންމޯނީ ރާބާ ނަމަކަށް ކިޔާ ޕޮލިސް އޮފިސަރެއް ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

ރާނާ މީހުން ކައިރީގައި ބުނެފައި ވަނީ، އޭނާ މަސައްކަތް ކުރަމުން ދިޔައީ އައްސާމްގައި ހުންނަ އޮއިލް އެންޑް ނެޗުރަލް ގޭސް ކޯޕަރޭޝަން (އޯއެންޖީސީ)ގައި ކަމަށާއި އެ ކުންފުނިން އެމީހުންނަށް ވަޒީފާ ހޯދައިދޭނެ ކަމަށެވެ. އެކަމަށް ޓަކައި ރާނާ ވަނީ މީހުން އަތުން ބޮޑެތި އަދަދުން ފައިސާ ނަގައިފައެވެ.

Advertisement
Ooredoo — Square (box)

ރިޕޯޓުތަކުން ބުނާ ގޮތުގައި ރާނާގެ މަޅީގައި ޖުންމޯނީ ޖައްސައިފައި ވަނީ ވެސް އޮޅުވައިލައިގެންނެވެ. އެގޮތުން ޖުންމޯނީ ގާތު އޭނާ ބުނެފައި ވަނީ އޭނާއަކީ އޯއެންޖީސީގެ ޕަބްލިކް ރިލޭޝަންސް އޮފިސަރެއް ކަމުގައެވެ. ދެތިން ފަހަރު ބައްދަލު ކުރުމަށް ފަހު އެ ދެމީހުން ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެންގޭޖްވެފައެވެ. އަދި މި އަހަރު ނޮވެމްބަރު މަހު ކައިވެނި ކުރުމަށް ވެސް ނިންމައިފައިވެއެވެ.

<img class="alignnone wp-image-151290 size-full" src="https://cdn.dhen.mv/wp-content/uploads/2022/05/Screenshot-2022-05-05-at-25023-PM_6274202e271ec.png" alt="" width="725" height="590" />

"އެކަމަކު ޖުންމޯނީއަށް ޝައްކުވާން ފެށީ ރާނާ ދައްކަމުން ދިޔަ ވާހަކަތަކާ މެދު. އޭގެ އިތުރުން ބައެއް މީހުންނަށް ވެސް އޮޅުވައިލައިގެން އުޅޭކަން އެނގުނީ. ރާނާގެ ދަބަސް ޗެކްކުރި އިރު އޭގެ ތެރެއިން ޖުންމޯނީއަށް ވަނީ އޯއައިޖީސީގެ ފޭކް ތައްގަނޑުތަކަކާ ލިޔުންތަކެއް ވެސް ފެނިފައި. އެހެންވެ ޖުންމޯނީ ވަނީ އެ މައްސަލަ ހުށަހަޅައިފައި" އައްސާމް ޕޮލިސް ސްޓޭޝަންގެ އޮފިސަރަކު ބުުނެފައިވެއެވެ.

ސަބް އިންސްޕެކްޓަރެއްގެ މަގާމުގައި ހުރި ޖުންމޯނީ، އޭނާ ކައިވެނިކުރަން އުޅުނު މީހާގެ ހަގީގަތް މުޅި ދުނިޔެއަށް ހާމަކޮށްދީ، އިންސާފަށް އަމަލު ކުރުމުން އެތައް ބަޔަކު ވަނީ އޭނާއަށް ތައުރީފުކޮށްފައެވެ. އަދި ބައެއް މީހުން ވަނީ ޖުންމޯނީއަކީ އައްސާމް ގެ "ލޭޑީ ދަބާންގް" ކަމަށް ބުނެ އެ ލަގަބު ވެސް ދީފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް