Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ސިޔާސީ

ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން: ޝިޔާމް

ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން: ޝިޔާމް

ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަންކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ފުލުހުންގެ އެދުމަށް ފަސްކުރި މި އަހަރުގެ ބަައިބަލާ މުބާރާތް ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށް ބައިބަލާ އެސޯސިއޭޝަނުން ހާމަކުރެއްވުމާ ގުޅިގެންނެވެ.

ޝިޔާމް ވިދާޅުވީ ތޫނު އެއްޗެހިން ހަމަލާދިނުމާއި ބައިބަލާ މުބާރާތާ ގުޅުމެއް ވާކަމަށް ދެކެވޭ ވާހަކަތަކަކީ ސަރުކާރުން ކަންކަން އޮޅުވައިލާން ދައްކާ ވާހަކައެއް ކަމަށެވެ. އަދި ބައިބަލާގެ ޥޭތުވެދިޔަ 9 އަހަރުގެ ތާރީޚަށް ބަލައި ތަފާތުކުރުން ހުއްޓާލުމަށް ޝިޔާމް ގޮވައިލެއްވިއެވެ.

Advertisement
Ooredoo — Square (box)

“ވޭތުވެދިޔަ 9 އަހަރުގެ ތާރީޚަށް ބަލައި ތަފާތުކުރުން ހުއްޓައިލާ. ބޮޑެތި ކުށްތަކުގެ ހަގީގީ މައްސަލައަކީ ސަރުކާރުގެ ނުކުޅެދުންތެރިކަން”ޝިޔާމް ވިދާޅުވިއެވެ.

ބައިބަލާ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަނަކީ ރާއްޖޭގައި އޮތް ސަގާފީ ކުޅިވަރާ ގުޅުން ހުރި ހަމައެކަނި އެސޯސިއޭޝަން ކަމަށާއި ބައިބަލާއާ މުޖްތަމައުގައި ހިނގާ ކުށްތަކާއި ގުޅުވުން ކުށްވެރިކުރާ ކަމަށެވެ.

މީގެ އިތުުރުން ފުލުހުން އެދުނު ގޮތަށް ބައިބަލާ ކުޅެން ހަމަޖެހިފައިވާ ތަނާއި އެ ތަނުގައި ކެމެރާ ހަރުކުރުމާއި ސަޕޯޓަރުން ވަކިވާނެހެން ތަނުގެ އިންތިޒާމްތައް ހަމަޖައްސައިފައިވާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް