ޚަބަރު

ރައީސް ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ފަހުން ހެކި ލިބޭ މީހުންނަށް ދައުވާ ކުރާނެ: ޕީޖީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ ޕީއެސްއެމް

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލައިގައި އިތުރު ހެކި ލިބޭ މީހުންގެ މައްޗަަށް ލިބޭ ހެކިތަކެއްގެ މައްޗަށް ބަލައި، ދައުވާ ކުރުމާ މެދު ގޮތް ނިންމާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

Ads by MWSC

ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ 6 މެއި 2022 ދުވަހު، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ޙަމަލާގެ މައްސަލައިގެ ތަޙްޤީޤާއި ދައުވާ ކުރުމުގެ ކަންތައް ހިނގަމުން ދިޔައީ އެކަމަށް ޤާނޫނުތަކުގައި ކަނޑައެޅިފައިވާ މުއްދަތުތަކުގެ ތެރޭގައި ޤާނޫނުގައި ކަނޑައަޅައިފައި އޮތް އުޞޫލުތަކުގެ ތެރެއިން ކަމަށެވެ.

އަދި ހެކި ހޯދުމާއި ހެކި ވަޒަންކުރުމާއި ކޯޓަށް ދައުވާ ހުށަހަޅަން ތައްޔާރުކުރުމާއި އެ ހުރިހައި ކަމެއް ހިނގައިދިޔައީ ފުލުހުންގެ ތަޙްޤީޤު ޓީމުތަކާއި ޕްރޮސިކިއުޓަރުންގެ ޓީމާ އެއްކޮށް މަސައްކަތް
ކޮށްގެން ކަމަށާއި މިމައްސަލައަށް ޚާއްޞަ ކޮށްފައިވާ ޕްރޮސިކިއުޓަރުންގެ ތެރެއިން 2 މީހަކު ހުރިހައި ވަގުތެއްގައި ފުލުހުންނާ އެއްކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އޭގެ ފަހުން އެ މައްސަލަ ދިރާސާ ކުރުމުގެ މަރްޙަލާގައި މައްސަލައަށް ބޭނުންވާ ވަރަށް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ލިބެން ހުރި ވަޞީލަތްތައް ފުރިހަމައަށް ބޭނުންކޮށްފައިވާނެ ކަމަށާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާއާއި، އިނގިރޭސި ވިލާތާއި، އޮސްޓްރޭލިޔާއާއި، އެހެނިހެން ޤައުމުތަކުގެ ފަންނީ އެހީތެރިކަން މި މަސައްކަތަށް އަބަދުވެސް ލިބެމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި މިޙަމަލާ ދިނުމުގައި އިސްކޮށް ޙަރަކާތްތެރިވި މީހަކު، ތަޙްޤީޤާއި ޝަރީޢަތުގެ މަޖިލީހުގައި އިޢުތިރާފު ވެފައިވެފައިވާ ކަމަށާއި އޭނާގެ މައްޗަށް ހުކުމްކޮށް، އެޙުކުމް މިހާރު އެގެންދަނީ ތަންފީޒުކުރަމުން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އަދި އޭނާގެ އިޢުތިރާފާއި ހެކިތަކުން ފެންނަން ހުރި ކަންކަމާ ދިމާވާ ކަމަށާއި އިޢުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް ނެތި ވެފައިވާ އިޢުތިރާފެއްކަން، ފުލުހުންނާ ވަކިން، ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

Ads by HDC
  1. އަނދުން އިބްރާހީމް

    ވަރަށް ފުޅާކޮށް ނަޝީދު ދިން ހަމަލާގެ ތަހުގީގު ކޮށްފަ މިވަނީ. ރާއްޖެއިންނާއި ރާއްޖެއިން ބޭރުންވެސް ވަޞީލަތްތައް ހޯދައިގެން. މިވަރުންވެސް ނަޝީދު އެބަ ފާޑުކިޔައޭ ތަހުގީގަށް. ވެރިކަމުގެ އަރާމާ ލައްޒަތާ ޝާނާ ޝައުކަތުގެ ފޮނިމީރުކަން އެނގި އެ ބީވެގެން ދިޔާމަ އަލުން އަނބުރާ ހޯދުމަށް ހަގީގަތެއް ނެތް ދޮގު ވާހަކަތައްވެސް ނަޝީދު ދައްކާކަމަށް އަނދުން ހުސޭނާ ރީކޯ މޫސައާ އަދި އެމްޑީޕީގެ ފައުންޑަރުންގެ ތެރޭގަ ހިމެނޭ އެތައް ބަޔަކު އެބަ ބުނެއެވެ. އިބުރާއާ ޑީޑީއާ މުނައްވަރު ބޭރުކޮށް މިހާރު ކިޔަމުންދާ ލަވަޔަކީ ތިމަންނަގެ ލޭ އެމްޑީޕީ މީހުންގެ އަތުގަ ހޭކިފަވާ ކަމެވެ. އަހަރެންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ހުސައިން (އަނދުން ހުސައިން) އަށް އަމާޒުކޮށް އަންނި އެބަ ބުނޭ ލޭވެސް ހޭކިފައޭހުރީ. އަހަރެންހެ ކޮއްކޮއަކީ އަންނިގެ ފުރަގަސްފަރާތުން ލޭ އަންނަކަން އެނގޭ މީހެއް ނޫން. އަންނިއާ ކޮއްކޮ އަނދުން ހުސޭނާ ދެމެދު ޝަހުވާނީ ހަޑިމުޑުދާރު އެއްޖިންސުގެ ގުޅުމެއް ހިނގާފަ ނުވާނެ. އަންނި ބުއްދި ފިލާފަތަ އެހެރީ. ޑެންމާކަށް ގޮސް އެތާގަ ގަނޑުގަނެފަ ލޭ ހޭކުނީ މަގޭ ކޮއްކޮގެ އަތުގައޭ ބުނަން އަންނިގެ ލަދުހަޔާތް ކޮބާތަ؟

    • ކަންނެލި

      ފުރަގަސްފަރާތް ބޭނުންކުރުން ހަރާމެއް ނޫންތަ؟