ފައްޔާޒަށް ވޯޓްދޭ މީހުން އުފުލަން ފޯކައިދޫގައި އެންބިއުލެންސް ބޭނުން ކުރާކަމުގެ ތުހުމަތު

މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ވޯޓް ލާން ދާ މީހުންނަށް ށ. ފޯކައިދޫ އެންބިއުލޭންސް ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތު ވާދަވެރި ކެނޑިޑޭޓްގެ ޓީމުން ކުރައްވައިފިއެވެ.
އިންތިހާބުގައި ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީގެ ތަރުޖަމާން އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކެނޑިޑޭޓް ނަންބަރު 2އަށް ވޯޓް ލާ މީހުން އުފުލުމަށް އެމްބިއުލެންސް ބޭނުން ކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
https://twitter.com/waddey_/status/1525384037820678144?s=20&t=iXI2EVNkezKf0Mb_DdbFLQ
އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ވަދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި)އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލެވެ.







ކޮމެންޓް