ކުޅިވަރު ފުޓްބޯޅަ

ޗެމްޕިއަންސް ލީގަށް އުއްމީދު ކުރަމުން އައި އާސެނަލްއަށް ނުތަނަވަސްކަން!

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑު އަތުން ބަލިވެ، ޗެމްޕިއަންސް ލީގަށް އުއްމީދު ކުރަމުން އައި އާސެނަލްއަށް ނުތަނަވަސްކަން ލިބިއްޖެއެވެ.

Ads by MWSC

ނިއުކާސަލްގެ ދަނޑުގައި ރޭ އާސެނަލް ކުޅުނު މެޗު 0-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުކާސަލްއެވެ. މި މެޗުގައި ނިއުކާސަލް ޖެހި ފުރަތަމަ ގޯލައަކީ އާސެނަލްގެ ބެން ވައިޓު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އެ ޓީމުގެ ދެވަނަ ލަނޑު މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް ޖަހައިދިނީ ގުމަރޭސްއެވެ.

ރޭގެ ނަތީޖާއާ އެކު ކުޅުނު 37 މެޗުން 66 ޕޮއިންޓާ އެކު އާސެނަލް އޮތީ ލީގު ތާވަލުގެ 5 ވަނައިގައެވެ. 4 ވަނަގައި އޮތް ޓޮޓެންހަމްއަށް ވަނީ 37 މެޗުން 68 ޕޮއިންޓް ލިބިފައެވެ. ކުރިއަށް އޮތް ލީގުގެ ފަހު މެޗުގައި އެންމެ ޕޮއިންޓެއް ހޯދައިގެން ވެސް ޓޮޓެންހަމްއަށް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު އޮތް އިރު، އާސެނަލްއަށް އެ ފުރުސަތު އޮތީ ޓޮޓެންހަމް ބަލިވެ އާސެނަލް މޮޅުވެގެންނެވެ.

ރޭގެ މެޗުން އާސެނަލް ބަލިވުމާ އެކު ބާކީ 2 މެޗު އޮއްވައި ޗެލްސީއަށް ވެސް ވަނީ ގަދަ 4 ޔަޤީންވެފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!