ޚަބަރު ޝަރުޢީ ދާއިރާ

ބާ އެގްޒާމްގެ ފީ ކުޑަކުރަން ކޯޓަށް ހުށައެޅި މައްސަލަ މާދަމާ ފަށަނީ

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ފުރަތަމަ ބާ އެގްޒާމްގެ ފީގެ ގޮތުގައި ކަނޑައަޅައިފައިވާ 10000ރ.ގެ ފީ ބޮޑުކަމަށް ބުނެ ސިވިލް ކޯޓަށް ހުށައެޅި މައްސަލައިގެ ފުރަތަމަ އަޑުއެހުން މާދަމާ ބާއްވަން ތާވަލްކޮށްފިއެވެ.

Ads by STELCO

މި މައްސަލަ ކޯޓަށް ހުށައެޅި ބައެއް ޤާނޫނީ ވަކީލުން ބުނާ ގޮތުގައި، ބާ އެގްޒާމްގެ ފީގެ ގޮތުގައި ކަނޑައަޅައިފައިވާ އަދަދަކީ ރާއްޖޭގައި އިމްތިހާންތަކަށް އައްމުކޮށް ނަގާ ފީއަށް ވުރެ އެތައް ގުނައެއް ބޮޑު ފީއެއްކަމަށާއި، އިމްތިހާނަށް ލިބުނު ވަގުތަކީ މިފަދަ އިމްތިހާނަކަށް ލިބެން ޖެހޭ ވަގުތަށް ވުރެ މާ ކުޑަ ވަގުތެއް ކަމަށެވެ.

އަންނަ މަހުގެ 25ވަނަ ދުވަހު ބޭއްވުމަށް ތަޢާވަލުކޮށްފައިވާ ބާ އެގްޒާމާ ގުޅޭ ގޮތުން މި މައްސަލަ ހުށައެޅުއްވި ޤާނޫނީ ވަކީލުން އެދިފައި ވަނީ ރާއްޖޭގައި ބާއްވާ މި ފަދަ އެހެން އިމްތިހާނުތަކުގައި ނަގާ ފީއާއި އެއްވަރުގެ ފީއެއް ނެގުމަށް ބާ ކައުންސިލްގެ މައްޗަށް އަމުރު ކުރުމަށާއި، އެ އިމްތިހާނަށް ތައްޔާރުވުމަށް ދަރިވަރުންނަށް އެކަށީގެންވާ ވަގުތު ދިނުމަށް ބާ ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ރާއްޖޭގައި އާއްމުކޮށް ލައިސެންސް ދިނުމަށް ހަދާ ބައެއް އިމްތިހާނުތަކުގެ ތެރެއިން ޑޮކްޓަރުންނާއި ނަރުހުންނަށް ލައިސެންސް ދިނުމަށް ހަދާ އިމްތިހާނުގެ އަގަގަކީ 3000ރ. ކަމަށް މި މައްސަލަ ހުށައެޅި ފަރާތުން ވަނީ ފާހަގަކޮށްފައެވެ.

ބާ އެގްޒާމް ހެދުމަށް ދަރިވަރުން ތަމްރީން ކުރުމަށް ބާއްވަމުން ގެންދާ ކުލާސްތައް ވެސް ކުރިއަށް ގެންދަނީ އެކަށީގެންވާ ގޮތެއްގައި ނޫންކަމަށް ވެސް އެ އިމްތިހާނަށް ތައްޔާރު ވަމުންދާ ބައެއް ދަރިވަރުން މި ނޫހަށް މަޢުލޫމާތު ދީފައިވެއެވެ.

Ads by HDC
  1. މުންޖިޗޭ

    ކީއްކުރަން ހަދާ ބާ އެގްޒާމެއް. ބަޔަކުމީހުން މަޖިލިސް ބޭނުންކޮށްގެން ހިންގާ ވިޔަފާރި ކުންފުންޏެއް. އެގްޒާމް ހަދަންޏާ ކުރީގަ ވަކީލުކަމުގެ ހުއްދަ ލިބިފަތިބި މީހުންވެސް ހަދަންޖެހޭ. ވަކީލުކަން ކިޔަވާމީހުން ގިނަވެ ކުރީގެ ނަންމަޝްހޫރު ވަކީލުންގެ ލޯ ފާމްތަކަށް ލިބޭ އާމްދާނީ މަދުވުމުން މާކެޓް ކޮންޓްރޯލް ކުރުމަށްޓަކައި މަޖިލިސްގެތެރެއިން އެމީހުން ހިންގާ ޖަރީމާއެއްތީ. އެތައްފައިސާއެއް ޚަރަދުކޮށްގެން ތިންއަހަރަށްވުރެ ގިނަދުވަހު ކިޔަވައިގެން ޑިގްރީ ފުރިހަމަކުރުމުން ރާއްޖޭގެ ނަންމަޝްހޫރު ލޯޔަރުންގެ ރުހުން ހޯދަން އެތައް ފައިސާއެއް ޚަރަދުކޮށްގެންނޫނީ ޢަމަލީމަސައްކަތަށް ނުނުކުމެވޭ ގޮތަށް އެމީހުންގެ ބާރުގައި ހިންގަނީ ވަރަށް ނާއިންޞާފު ޙަރަކާތެއް. މިކަމާމެދު ފުންކޮށްވިސްނާ ހަރުދަނާ ފިޔަވަޅެއް އެންމެންވެގެން އަޅަންޖެހޭ. ފަޤީރުންގެއަތުން އެވެރިން ވަކާލަތުކޮށްދޭން ނަގާ ބޮޑެތި ޢަދަދުތަކުން ފައިސާ އަބަދު ލިބިލިބި ހުންނަގޮތަށް އެމީހުން އެތިބީ މުޅިދާއިރާގެ ކޮންޓްރޯލް މުށުތެރެއަށް ލައިގެން. ފުންކޮށް ވިސްނާފަ އެކްޝަނެއް ނަގަމާ!

  2. މިހާރު ޤާނޫނީވަކީލުން އެމީހުން އެކަކު އަނެކެއްގެ އަތުން ފޭރެންފެށީ މީގެ ކުރިން ފޭރުނީ ސީދާ ރައްޔިތުންގެ އަތުން، މުޅިންވެސް ފޭރުން އެކިނަންނަމުގައި !