ޚަބަރު

އިންޑިޔާ ސަރުކާރުން ދިވެހިރާއްޖެއަށް ޓީބީ ބޭސް ހަދިޔާކޮށްފި

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

އިންޑިޔާ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ދިވެހިރާއްޖެއަށް އެންޓި ޓިއުބަކިއުލޮސިސް (ޓީބީ) ބޭސް ހަދިޔާ ހަދިޔާކޮށްފިއެވެ.

Ads by MWSC

ދިވެހިރާއްޖެއިން 2025ވަނަ އަހަރުގެ ނިޔަލަށް ޓީބީގެ ބަލި ނައްތައިލާން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ހަދިޔާކުރި ބޭހާ ރާއްޖޭގެ ފަރާތުން ހަވާލުވެލެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޝާހު އަބްދުﷲއެވެ. އިންޑިޔާގެ ފަރާތުން މި ތަކެތި ހަވާލުކޮށްދެއްވީ އިންޑިއަން ހައި ކޮމިޝަންގެ ޗާޖް ޑެ އެފެއަރޒް ރޯހިތު ރަތީޝްއެވެ.

އިންޑިޔާއިން ހަދިޔާކުރި ބޭސްތަކުގެ ތެރޭގައި އެންޓި ޓީބީގެ އެކި ބާވާތްތަކުގެ 27،000އަށް ވުރެ ގިނަ ޓެބްލެޓު ހިމެނެއެވެ. މީގެ ތެރޭގައި މަލްޓި ޑްރަގް ރެސިސްޓަންޓް ޓިއުބަކިއުލޮސިސް (އެމް.ޑީ.އާރް - ޓީބީ) ވެސް ހިމެނޭކަމަށް މަޢުލޫމާތުދެއެވެ.

މި ބޭސްތައް ހަދިޔާކޮށްފައި ވަނީ އިންޑިއާގެ ނެއިބަރހުޑް ފަސްޓް ސިޔާސަތުގެ ދަށުން ނޭޝަނަލް ޓިއުބަކިއުލޮސިސް އެލިމިނޭޝަން ޕްރޮގްރޭމްގެ ސްޓޮކުންކަމަށް މަޢުލޫމާތު ދީފައިވެއެވެ.

އިންޑިއާއާއި ދިވެހިރާއްޖޭގެ ޒަމާންވީ ގުޅުމުގެ ތެރެއިން ސިއްހީ ދާއިރާގެ ކުރިއެރުމުގެ ގޮތުން ހިމަ ބިހި ބަލީގެ އައުޓްބްރޭކުން ސަލާމާތްވުމަށް ވެސް ދެ ޤައުމުން އެކުގައި މަސައްކަތްކޮށްފައި ވެއެވެ. އަދި ކޮވިޑް-19އާ ގުޅިގެން ވެސް ދެ ޤައުމުން އެކުގައި ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!