ޚަބަރު ސިޔާސީ

ރިޟްވާންގެ ބައްޕަގެ ވާހަކަތަކުން އެމްޑީޕީން ހަދާ ދޮގު ބޭޒާރުވެއްޖެ: އުމަރު

ރައުފާ ރަޝީދު ، ދެން އޮންލައިން

ވަގަށް ނަގައި، ގެއްލުވައިލައިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟުވާނުގެ މައްސަލައިގައި އެމްޑީޕީ ބޭޒާރުވެފައިވާކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އުމަރު މިފަދައިން ވިދާޅުވީ ގެއްލުވައިލައިފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާނަށް އިންސާފު ހޯދައިދޭނެ ކަމަށް ބުނެ އެމްޑީޕީ ސަރުކާރުން ޖެއްސީ ވޯޓް ހޯއްދެވުމަށް މަޅިއެއް ކަމަށް ރިޟްވާންގެ ބައްޕަ، އަބްދުﷲ މޫސާ ބުނުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އުމަރު ވިދާޅުވީ އެ ކަމަކީ އެމްޑީޕީން ކުރި ވަރަށް ދަށުދަރަޖައިގެ ކެންޕޭނެއް ކަމަށެވެ. އަދި ކޮންމެ ބަޔަކު ވެރިކަމުގައި ތިއްބަސް މީހުން މަރުވާ ކަމަށާއި އެކަން ވެރިމީހާގެ ބޮލުގައި އަޅުވައިގެން ދޮގު ފެތުރުމުން ކޮންމެ ވެސް ދުވަހަކުން އެކަން އަބުރާ ފެންނާނެ ކަމަށެވެ.

“މިއަދު މިވަނީ އެމްޑީޕީ ބޭޒާރު ވެފައި. ދޮގު ބޭޒާރުވެފައި. ދޮގު ބައެއް ފަހަރު ވަގުތީ އުފަލެއް ގެނެސްދިނަސް، ދާއިމީ އުފާ ގެނެސްދެނީ ތެދުން. ޔާމީންގެ ސަރުކާރުން އެއިރު ކުރެވެން ހުރި ހުރިހައި މަސައްކަތެއް ކުރެއްވި” އުމަރު ވިދާޅުވިއެވެ.

ޗެނަލް13އިން ގެނެސްދިން ޕްރޮގްރާމެއްގައި ރިޟްވާން ބައްޕަ ބުނީ، މި ސަރުކާރުން ވެރިކަމަށް އަންނަން ރިޟްވާންގެ ބެނާތަކާއި ފޮޓޯތައް ބޭނުންކޮށް މުޒާހަރާ ކުރީ ވޯޓް ހޯދުމުގެ ބޭނުމުގައި ކަމަށެވެ. އަދި ބޭނުން ފުދުމުން މިހާރު އެކަމާ އަޅާ ނުލާ ކަމަށް ބުންޏެވެ. އަދި ރައީސް ކަމަށް އިންތިޚާބުވި ފަހުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަދި ރައީސް ނަޝީދާ ވެސް ބައްދަލު ނުވާ ކަމަށް އޭނާ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!