އަތޮޅު ފިހާރަތަކުގެ ކުލި ކައުންސިލްތަކަށް ދިނުމަށް ނިންމައިފި
މާލޭގައި ހުންނަ އަތޮޅު ފިހާރަތަކުގެ ކުލި އެއްކޮށް ކައުންސިލްތަކަށް ދޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ނިންމަވައިފިއެވެ. ރައީސް މިގޮތަށް ނިންމެވިކަން ހާމަކުރައްވައިފައި ވަނީ އއ. އުކުޅަހުގައި ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގެ ތެރެއިންނެވެ.
ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު، 2014ވަނަ އަހަރުން ފެށިގެން އަތޮޅު ފިހާރަތަކުން ރަށްރަށުގެ ކައުންސިލްތަކަށް އެއްވެސް ފައިސާއެއް ދޫކޮށްފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އަތޮޅު ފިހާރަތަކުން ރަށްރަށުގެ ކައުންސިލްތަކަށް އެންމެ އެދެވޭ ނަފާ ހޯދައިދިނުމުގެ މަސައްކަތް ފެއްޓެވިއެވެ.
މި ސަރުކާރުން ވަނީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ކުރިން އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ އެހެނަސް ޖަމާކޮށްދީފައި ނުވާ 2014، 2015 އަދި 2016 ވަނަ އަހަރުގެ ފައިސާ ޖަމާކޮށްދީފައެވެ.
"ވިއަވަތި" ކޮންފަރެންސްގެ މަޝްވަރާތަކުގައި ކައުންސިލްތަކުން ހުށައެޅި ހުށައެޅުންތަކަށް ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހް ވިދާޅުވީ، 2014އިން 2016ވަނަ އަހަރުގެ ފައިސާ ޖަމާކޮށްދިނުމަށް ފަހު ކޮވިޑާ ގުޅިގެން 2018 އަދި 2019ވަނަ އަހަރުގެ ފައިސާ ޖަމާކޮށްދިނުމަށް ލަސްތަކެއް ކުރިމަތިވި ކަމަށެވެ. ނަމަވެސް މި ފައިސާ ކައުންސިލްތަކަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ޖަމާކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވައިފައެވެ. ރައީސް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އަތޮޅު ފިހާރަތަކަށް ލިބޭ ކުލި އެއްކޮށް ކައުންސިލްތަކަށް ޖަމާކޮށްދެއްވާނެ ކަމަށެވެ.
" ކައުންސިލްތަކަށް މި ލިބެނީ އަތޮޅު ފިހާރަތަކުން ލިބޭ ކުލީގެ %50. އެއީ ކުރީއްސުރެ ފަށައިގެން މި އަންނަ ގޮތް. ދެން މިއަންނަނީ ސަރުކާރަށް. އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި އޮތް 2014ވަނަ އަހަރުން އެއްވެސް ފައިސާއެއް ކައުންސިލްތަކަށް ނުދީ. ފުރަތަމަ ވެސް އައިސް 2019ވަނަ އަހަރު 2014، 2015، 2016ވަނަ އަހަރުގެ ފައިސާ އެކީގައި ދީ ނިންމީ. ދެން ކޮވިޑާ އެކީގައި ކުޑަކޮށް މަޑުޖެހިފައި އޮތުމަށް ފަހުގައި 2018، 2019 އެ އަހަރުގެ ފައިސާ އަޅުގަނޑުމެން ކުރިއަށް އޮތް ހަފްތާ ތެރޭގައި ޖަމާކޮށްދޭނަން. އޭގެ އިތުރުން އަޅުގަނޑުމެން މި ނިންމަނީ ކުރިއަށް އޮތް ތަނުގައި އަތޮޅު ފިހާރަތަކުން ލިބޭ ކުލި އެކީގައި އަތޮޅު ކައުންސިލްތަކަށް ދޭގޮތަށް. ފިނޭންސް މިނިސްޓްރީއަށް ސަރުކާރުގެ ބަޖެޓަށް އެ ނުވަދެ ސީދާ ކައުންސިލްތަކަށް އެ ދޭގޮތަށް" ރައީސް ވިދާޅުވިއެވެ.
މި ޝެޝަންގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ 2018ވަނަ އަހަރުގެ ފައިސާ އަންނަ ހަފްތާގައި ޖަމާކުރާއިރު ކުރިން 17 މިލިއަން ދޭގޮތަށް އޮތް ނަމަވެސް މިހާރު 34 މިލިއަން ރުފިޔާ ކައުންސިލްތަކަށް ލިބޭނެ ކަމަށެވެ.
"ރައީސް ދެންމެ އެ ނިންމެވި ނިންމެވުމާ އެކު 2018ވަނަ އަހަރުގެ ކައުންސިލްތަކަށް އަތޮޅު ފިހާރަތަކުން ލިބުނު އާމްދަނީ މިއަންނަ ހަފްތާ ތެރޭގައި ޖަމާކުރެވޭތޯ މަސައްކަތް ކުރާނަން. ގާތްގަނޑަކަށް އެއީ 34 މިލިއަން ރުފިޔާ. ކުރިން އޮތީ 17 މިލިއަން ރުފިޔާ. މިހާރު ރައީސްގެ ނިންމެވުމާ އެކު 34 މިލިއަން އެއްކޮށް ތިބޭފުޅުންނަށް އިނގޭތޯ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން 2016ވަނަ އަހަރު އަތޮޅު ފިހާރަތަކުން 20 އަތޮޅަކަށް 17،911،570.88 (ސަތާރަ މިލިޔަން ނުވަ ލައްކަ އެގާރަ ހާސަ ފަސް ސަތޭކަ ހަތްދިހަ ރުފިޔާ އަށްޑިހަ އަށް ލާރި) ވަނީ ދޫކޮށްފައެވެ. އަދި 2017ވަނަ އަހަރަށްވާ 20،525،983.14 (ވިހި މިލިޔަން ފަސް ލައްކަ ފަންސަވީސް ހާސް ނުވަ ސަތޭކަ އަށްޑިހަ ތިން ރުފިޔާ ސާދަ ލާރި) ވަނީ ދޫކޮށްފައެވެ.
ތިމަންނާމެން ވެރިކަމާ ހަވާލުވިއިރު 2014 ވަނަ އަހަރުން ފެށިގެން ކައުންސިލްތަކަށް އަތޮޅުފިހާރަތަކުގެ ކުލިން އެއްވެސް ފައިސާއެއް ދޫނުކޮށް އޮތްކަމަށް ރައީސްމީހާ ބުނިއިރު، 2016 ވަނަ އަހަރާއި 2017 ވަނަ ފައިސާ ދޫކުރިކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން އެނގެން އޮތްކަމަށް މި ލިޔުމުގައި އެބައޮތް. މިވަނީ ކިހިނެއް؟ ކޮންމެވެސް އެއްފަރާތަކުން އެބަ ދޮގުހަދާ.
2023 ގެ ރިޔާސީ ކެމްޕޭން ފަށަން އުކުޅަހުގައި ރައީސު އޮފީހުން އިނތިޒާމްކުރި އަތޮޅުވެރިންގެ ބައްދަލް ވުމުގައި ކެމްޕޭން ފެށީތޯ ؟
ރިބާ ކެއުމާއި ރިބާގެ މުއާމަލާތަކީ ހަރާމް އެއްޗެއް ކަމުގައި ހުކުރު ހުތުބާގައި ވެސް ބުނި ! ދިވެހިންނަށް ރިބާ ކާންދޭ އެންމެ ބޮޑު ބޭންކަކީ ބޭންކު އޮފް މޯލްޑިވުސް ބޭންކުން ކުރާ ކަމަކީ ރިބާ ލޯން ރައްޔިތުންނަށް ދީގެން ފައިސާ ހޯދައިގެން ސަރުކާރުގައި ތިބޭ ސިޔާސީ މީހުން ޖީބަށް އެފައިސާ ވައްދާ ދިނުން ! ރިބާ އައުޓު