ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައި ސްޓޭޓް މިނިސްޓަރަކު ސަސްޕެންޑްކޮށްފި

ޖިންސީ ފުރައްސާރައެއްގެ މައްސަލައެއްގައި ސްޓޭޓު މިނިސްޓަރަކު ސަސްޕެންޑްކޮށްފިއެވެ.
ސަސްޕެންޑުކޮށްފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަޙްމަދު ރިޔާޒެވެ. ރިޔާޒު ސަސްޕެންޑު ކުރިކަން ރައީސް އޮފީހުން ހާމަކުރި ނަމަވެސް ސަސްޕެންޑު ކޮށްފައި ވަނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް އެ އޮފީހަކުން ހާމައެއް ނުކުރެއެވެ.
އެހެން ނަމަވެސް، ރިޔާޒު ސަސްޕެންޑުކޮށްފައި ވަނީ ޖިންސީ ފުރައްސާރައިގެ މައްސަލައެއްގައިކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
މީގެ ކުރިން މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި އަލީ ވަޙީދުގެ މައްޗަށް ވެސް ޖިންސީ ފުރައްސާރައިގެ ތުހުމަތުކުރެވި އެ މަޤާމުން ވަކި ކުރައްވައިފައިވެއެވެ.
ތީ މިސަރުކާރުގެ މަތީމަގާމުތަކުގައި ތިބި ގިނަ ބައެއް ގެ ހާލަތު ބޯ ހަލާކު