ހޮލީވުޑް މުނިފޫހިފިލުވުން

"އަނބުރާ ދިރިއުޅުން ހޯދައިދީފި" ޑެޕްގެ ކާމިޔާބީއާ އެކު މީސްމީޑިއާ ކެކިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖޮނީ ޑެޕާއި އެމްބާ ހާޑް ކައިވެނިކޮށްގެން އުޅުނު އިރު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތަކާ ގުޅުވައި އެމްބާ ނޫހެއްގައި ޝާއިރު ކުރި ލިޔުމަކާ ގުޅިގެން، އެފަދަ ކަމެއް ހިނގިތޯ ނުވަތަ ނޫންތޯ ބެލުމަށް ކޯޓަށް ވެއްދި މައްސަލައިގައި ޑެޕްއަށް ބޮޑު ކާމިޔާބީއެއް ލިބިއްޖެއެވެ.

Ads by MWSC

ވަރަށް ގިނަ ދުވަހަށް ދިގުލައިގެން ދިޔަ މި މައްސަލައިގެ ނިންމުން ރޭ ޖޫރީން ވަނީ ނިންމައިފައެވެ. މިގޮތުން ޖޫރީން ނިންމީ ޑެޕްގެ އަބުރު ގެއްލުމުގެ ބަދަލެއްގެ ގޮތުން 10 މިލިއަން ޑޮލަރު އަދި އެކަން ކުރުމުގެ އަދަބެއްގެ ގޮތުން ފަސް މިލިއަން ޑޮލަރު ދެއްކުމަށް ހާޑްގެ މައްޗަށް ހުކުމް ކުރުމަށެވެ. ދި ޑެޕް ވެސް ހާޑްގެ އަބުރު ގެއްލޭ ގޮތަށް ވާހަކަ ދެއްކި ކަމަށާއި އެހެންވެ އެކަމުގެ ބަދަލެއްގެ ގޮތުން ދެ މިލިއަން ޑޮލަރު ދައްކަން އެންގުމަށް ނިންމިއެވެ. އެކަމަކު ޑެޕްގެ މައްޗަށް އަދަބެއްގެ ގޮތުން އެއްވެސް ފައިސާއެއް ކަނޑައެއް ނާޅައެވެ.

ކައިވެނިކޮށްގެން އުޅުނު އިރު ގެވެށި އަނިޔާގެ ޝިކާރައަކަށްވި ކަމަށް ބުނެ 2018ވަނަ ވޮޝިންޓަން ޕޯސްޓްގައި ހާޑް ޝާއިއުކުރި ލިޔުމަކާ ގުޅިގެން އަބުރު ގެއްލުނު ކަމަށް ބުނެ ޑެޕް ދައުވާކުރީ 50 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދާށެވެ. ހާޑްގެ ތުހުމަތާ ގުޅިގެން ޑެޕްގެ ވަކީލުން ދެއްކި ވާހަކަތަކާ ގުޅިގެން އަބުރު ގެއްލި ކެރިއަރަށް ނޭދެވޭ އަސަރުކުރި ކަމަށް ބުނެ ހާޑް ވަނީ 100 މިލިއަނުގެ ބަދަލަކަށް ދައުވާކޮށްފައެވެ.

"ޕައިރޭޓްސް އޮފް ދި ކެރީބިއަން"އަކީ ޖޮނީ އެންމެ މަޝްހޫރުވެގެން ދިޔަ އެއް ފިލްމެވެ. މި ސިރީޒްގެ އެންމެ ފަހު ފިލްމުން ޖޮނީ ވަކިކުރީ އެމްބާގެ މި ތުހުމަތުތަކާ ގުޅިގެންނެވެ.

ކޯޓުގައި ލިބުނު ކާމިޔާބީއަށް ފަހު ޑެޕް ނެރުނު ބަޔާނުގައި ބުނީ "ދިރިއުޅުން އަނބުރައި ހޯދައިދީފި" ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!