Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

3000 މެންބަރުން ހަމަނުވާ ޕާޓީތައް މިމަހު 14ގެ ފަހުން އުވޭނެ

3000 މެންބަރުން ހަމަނުވާ ޕާޓީތައް މިމަހު 14ގެ ފަހުން އުވޭނެ

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ، ޕާޓީއެއްގައި އެންމެ މަދުން ތިބެވޭނެ މެންބަރުންގެ އަދަދަށް މެންބަރުން ހަމަނުވާ ސިޔާސީ ޕާޓީތައް މި މަހުގެ 14 ފަހުން އުވޭނެ ކަމަށް އިލެކްޝަން ކޮމިޝަންސް (އީސީ)އިން ވިދާޅުވެއްޖެއެވެ.

އީސީން ވިދާޅުވީ، ރެޖިސްޓްރީ ކުރިއިރު 3،000 މެންބަރު ހަމަވި ނަމަވެސް، މެންބަރުން އެހެން ޕާޓީތަކަށް ސޮއިކޮށް ނުވަތަ ޕާޓީން ކެނޑުމާ ގުޅިގެން 4 ޕާޓީއެއްގެ މެންބަރުންގެ އަދަދު 3000އަށް ވުރެ ދަށްވުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ނޯޓިސް ފޮނުވައިފައެވެ. ކޮމިޝަނުން ވަނީ މިމަހުގެ 14ގެ ކުރިން 3000 މީހުން ހަަމަކުރުމަށް އެ ޕާޓީތަކަށް ނޯޓިސް ފޮނުވައިފައެވެ.

ނޯޓިސް ފޮނުވައިފައި ވަނީ ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އެއް ޕާޓީ ޑީއާރުޕީއާއި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)، މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ)، ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ)އަށެވެ.

Advertisement
Ooredoo — Square (box)

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް މި ވަގުތު އެބަ އޮތެވެ. 3،000 މެންބަރުން ހަމަވުމުން ސިޔާސީ ޕާޓީގެ ދަފްތަރުގައި ރެޖިސްޓްރީ ކުރެވުނު ނަމަވެސް، ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ ލިބެނީ 10000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ޤާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ 4 ޕާޓީއެއްގައެވެ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް