ހޮލީވުޑް ދުނިޔެ

ޖޮނީ ޑެޕް ޓިކްޓޮކަށް، މަދު އިރުކޮޅެއް ތެރޭ މިލިޔަނެއްހައި ފޮލޯވަރުން

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕައިރޭޓްސް އޮފް ކެރީބިއަންއިން ގިނަ ބައެއްގެ މެދުގައި މަޤްބޫލުކަން ހޯދި ޖޯނީ ޑެޕް މަޝްހޫރު މީސްމީޑިއާ މަންސަ ޓިކްޓޮކާ ގުޅިއްޖެއެވެ.

Ads by WAMCO

އެންމެ ފަހުން ޖޯނީ މަޝްހޫރުވެގެން ގޮސްފައި ވަނީ، ޖޮނީ ޑެޕާއި އޭނާގެ ކުރީގެ އަނބިމީހާ އެމްބާ ހާޑް ކައިވެނިކޮށްގެން އުޅުނު އިރު ހިންގި ކަމަށް ބުނާ ގެވެށި އަނިޔާގެ އަމަލުތަކުގެ މައްސަލަތަކާ ގުޅުވައި އެމްބާ ނޫހެއްގައި ޝާއިއުކުރި ލިޔުމަކާ ގުޅިގެން، އެފަދަ ކަމެއް ހިނގިތޯ ނުވަތަ ނޫންތޯ ބެލުމަށް ކޯޓަށް ވެއްދި މައްސަލައާއެކުއެވެ.

ޖޮނީއާއި އެންބާގެ މައްސަލައިގެ ޝަރީއަތްތައް ލައިވްކުރިއިރު، ކޯޓުގައި ހިނގާ މަޖާ ކަންކަން އެންމެ ގިނައިން ގެނެސްދިން އެއް ޕްލެޓްފޯމަކީ ޓިކްޓޮކެވެ.

ޖޮނީ ޑެޕް ޓިކްޓޮކް ބޭނުން ކުރަން ފެށިތާ މަދުއިރުކޮޅެއްގެ ތެރޭގައި، މިލިޔަނަކަށް ވުރެ ގިނަ ފޮލޯވަރުން ވަނީ ލިބިފައެވެ. ޖޮނީގެ ޓިކްޓޮކް އެކައުންޓް މިހާރު ވަނީ ވެރިފައި ކޮށްފައެވެ.

ޖޮނީގެ އެކައުންޓުން މިހައިތަނަށް އެއްވެސް ޕޯސްޓެއްކޮށްފައެއް ނުވެއެވެ. ޖޮނީގެ ޓިކްޓޮކް އެކައުންްޓްގައި މިވަގުތު 2.5 މިލިޔަން ފޮލޯވަރުން އެބަތިއްބެވެ. އަދި ދަނީ އިތުރުވަމުންނެވެ. ޖޮނީ އެއްވެސް މީހަކަށް އަދި ފޮލޯކޮށްފައެއް ނުވެއެވެ.

Ads by HDC
  1. މާމުއި

    ޖޮނީ ފޮލޯކުރާނީ ޝިފާމެން ކަހަލަ ބޯން ޓެލެންޓް މީހުންނާ