ޚަބަރު

މިއަހަރު އިތުރު 10 ރިސޯޓެއް ހުޅުވާނެ: ޓޫރިޒަމް މިނިސްޓަރު

އިބްރާހިމް ރަފްހާން ، ދެން އޮންލައިން

މިއަހަރުގެ ތެރޭގައި އިތުރު 10 ރިސޯޓެއް ހުޅުވާނެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މަޢުސޫމް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޕީ.އެސް.އެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިއަހަރު ތެރޭގައި ހުޅުވާ 10 ރިސޯޓާއެކު ރިސޯޓު އެނދުގެ އަދަދު 3500އަށް އަރާނެކަމަށެވެ.

އަދި މިހާރު އެންމެ ކުރިއަރަމުން އަންނަ ގެސްޓު ހައުސް މާކެޓަށް ވެސް ގިނަ ގެސްޓު ހައުސްތަކެއް މިއަހަރު އިތުރު ވެގެންދާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މި އަހަރުގެ މިހައިތަނަށް އައިއިރު މުޅިން އަލަށް 2 ރިސޯޓެއް ހުޅުވައި ހިދުމަތްދޭން ފަށައިފައި ވެއެވެ.

ކޮވިޑުގެ ދުވަސްތަކަށް ފަހު، މިހާރު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަހަރުގެ މިހޒސިތަނަށް ރާއްޖެއަށް 700،000އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!