އެމްޓީޑީން ވެސް 3،000 މެމްބަރުން ހަަމަކޮށްފި

މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓިކްސް (އެމްޓީޑީ) ވެސް 3،000 މެންބަރުން ހަމަކޮށްފިއެވެ.
ގާނޫނުގައި ސިޔާސީ ޕާޓީގައި ހަމަވާން ޖެހޭ ކަމަށް ބުނާ 3،000 މީހުން ހަމަނުވާތީ އިލެކްޝަންސް ކޮމިޝަނުން ވަނީ މިިދިޔަ މާޗު މަހު، ތިން މަހުގެ ނޯޓިސްއެއް އެމްޓީޑީ ހިމެނޭހެން ހަތަރު ޕާޓީއަކަށް ދީފައެވެ. އެ މުއްދަތު ހަމަވަނީ އަންގާރަ ދުވަހަށެވެ.
އީސީން ނޯޓިސް ދިން ޕާޓީތަކުގެ ތެރޭގައި ދެން ހިމެނެނީ، ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އާއި މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) އަދި މޯލްޑިވްސް ލޭބަ އެންޑް ސޯޝަލް ޑިމޮކްރަޓިކް ޕާޓީ (އެމްއެލްއެސްޑީ) އެވެ.
އެމްއާރްއެމްއިން ވެސް ވަނީ 3،000 މެންބަރުން ހަމަކޮށްފައެވެ.
އެމްޓީޑީއަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އިސްވެ ހުންނަވައި 2018ވަނަ އަހަރު އުފެއްދެވި ޕާޓީއެކެވެ.