Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ގައްދޫ ސިއްހީ މަރުކަޒުގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ގާއިމްވެ ޚިދުމަތްދޭން ފަށަނީ

ގައްދޫ ސިއްހީ މަރުކަޒުގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ގާއިމްވެ ޚިދުމަތްދޭން ފަށަނީ

ގދ. ގައްދޫ ސިއްޙީ މަރުކަޒުގައި ޚާއްސަ ބަލިތަކުގެ ޑޮކްޓަރުން ގާއިމްވެ ތިބެ ބަލިމީހުންނަށް ފަރުވާދިނުމުގެ ޚިދުމަތްދޭން ފަށަން ތައްޔާރުވެފައިވާކަމަށް ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.

ގައްދޫއަށް އަލަށް ފޮނުވައިފައި ވަނީ އަންހެނުންގެ ބަލިތަކާއި ކުޑަކުދިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރެއްގެ އިތުރުން އިތުރު މެޑިކަލް އޮފިސަރެކެވެ. އެ ޑޮކްޓަރުން މިއަދު ހަވީރު ވަނީ އެ ރަށަށް ގޮސްފައެވެ.

<img class="alignnone wp-image-154927 size-full" src="https://cdn.dhen.mv/wp-content/uploads/2022/06/C8E50E2D-F032-4673-9CF1-0C480CB8E356.jpeg" alt="" width="1049" height="814" />
ކ. މާލެއިން ދެކުނުގެ އަތޮޅެއްގައި ފުރަތަމަ ފަހަރަށް ސިއްޙީ މަރުކަޒެއްގައި ހާއްސަ ބަލިތަކުގެ ޑޮކްޓަރުން ގާއިމްވެ ތިބެ ބަލިމީހުން ބަލާގޮތަށް ގެނެވުނު މި ބަދަލާ އެކު، ގައްދޫގެ އިތުރުން އެ ސަރަހައްދުގެ ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ހިދުމަތް ލިބިގަތުމުގައި ގިނަ ފަސޭހަތައް ލިބިގެން ދާނެއެވެ.

Advertisement
Ooredoo — Square (box)

ގދ. ގައްދޫ ސިއްހީ މަރުކަޒަކީ 09 އޮކްޓޯބަރ 2018ގައި މިނިސްޓްރީ އޮފް ހެލްތުން ގިންތި ކޮށްފައިވާ ލެވެލް 04ގެ ސިއްހީ މަރުކަޒެކެވެ. 24 ގަޑިއިރު ޚިދުމަތް ފޯރުކޮށްދޭ ގައްދޫ ސިއްހީ މަރުކަޒުގައި މި ވަގުތު 1 މެޑިކަލް އޮފިސަރަކު މަސައްކަތްކުރެއެވެ. އާންމު ގިނަ ބަލިތައް ތަހުލީލުކުރުމަށް ލެބޯޓްރީ ޓެސްޓްތައް ގައްދޫގައި ތިބެގެން ހެދުމުގެ ފުރުސަތު ފަހިވެފައިވާ އިރު، އެ ރަށުން ހެދެން ނެތް ޓެސްޓުތަކުގެ ސުންކުތައް ތިނަދޫ ހޮސްޕިޓަލަށް ފޮނުވައިގެން ޓެސްޓް ހެދޭނެ އިންތިޒާމް ވެސް ވަނީ ހަމަޖެހިފައެވެ.

01 މާރޗް 2022ގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެކުލަވާލި ހޮސްޕިޓަލުގެ ގަވަރނިންގ ބޯޑުގެ ދަށުން ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލް ހިންގަން ފެށިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެ އަތޮޅުގެ ސިއްހީ ނިޒާމަށް ފާހަގަކުރެވޭ ބޮޑެތި ބަދަލުތަކެއް ވަނީ އަންނަން ފަށައިފައެވެ. ގަވަރނިންގ ބޯޑާއި ހޮސްޕިޓަލް ހިންގުމަށް ހަވާލުވި އިރު އެކި ސަބަބުތަކާ ހުރެ ހޮސްޕިޓަލުގައި މަސައްކަތްކުރާ ޑޮކްޓަރުން މަދުވުމުގެ މައްސަލަ ކުރިމަތިވެ، އެ ހޮސްޕިޓަލުގެ އިތުރުން އެ އަތޮޅުގެ ބައެއް ސިއްހީ މަރުކަޒުތައް ވެސް ހިންގުމަށް ނުހަނު ގިނަ ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށް އެ ހޮސްޕިޓަލުން ފާހަގަކުރެއެވެ.

ހޮސްޕިޓަލުގެ ޑެޕިއުޓީ ސީ.އީ.އޯ އަބްދުލް އަޒީޒް ރިފާއު ވިދާޅުވީ އެންމެ ފުރަތަމަ އަމާޒަކަށްވީ ޑިޕަރޓްމަންޓްތަކުން މަދުވާ ޑޮކްޓަރުންގެ އަދަދު ހަމަކޮށް ޚިދުމަތަށް ނެރުން ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށް ގެންދިޔައީ ވަކި ޓައިމް ލައިނެއް ކަނޑައަޅައިގެން ކަމަށާއި ކުރެވުނު ގިނަ މަސައްކަތުން މިހާރު  އެ ޓަރގެޓްގެ 90އިންސައްތަ ހާސިލުކުރެވިފައިވާ ކަމަށް ރިފާއު ވިދާޅުވިއެވެ.

“ގައްދޫއަށް މިއަދު މި ގެނެވުނު ޑޮކްޓަރުންނަކީ ވެސް މިދެންނެވި މަގުން ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ. ކުރިއަށް އޮތް ތަނުގައި މިޚިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް މަސައްކަތްތައް ކުރެވިގެންދާނެ” ރިފާއު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް